ހިޔާގެ ދެވަނަ ޓަވަރުގައި ހަރުކުރި އާ ލިފްޓުތައް ބޭނުންކުރަން ފަށައިފި
އައިމިނަތު ޝިޔާޒާ
28 މެއި 2025 - 22:58
0 comments
ހިޔާގެ ދެވަނަ ޓަވަރުގައި ހަރުކުރި އާ ލިފްޓުތައް.-- ފޮޓޯ: މިހާރު
ހިޔާގެ ދެވަނަ ޓަވަރުގައި ހަރުކުރި އާ ލިފްޓުތައް ބޭނުންކުރަން ފަށައިފި އެވެ.
މިއީ ހިޔާގެ ޓަވަރުތަކުގައި ހަރުކުރަމުން އަންނަ އާ ލިފްޓުތަކުގެ ތެރެއިން ބޭނުންކުރަން ފެށި ފުރަތަމަ ލިފްޓުތަކެވެ.ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގުރޫޕާ ހަވާލުކޮށްގެން އެ ލިފްޓުތައް ހަރުކުމުގެ މަސައްކަތް ފެށީ 18 އޭޕްރިލް 2024 ގައެވެ.މި އާ ލިފްޓުތަކަކީ ސްޓްރެޗާ އުފުލޭ ވަރުގެ ބޮޑެތި ލިފްޓުތަކެކެވެ. އަދި މި ލިފްޓުތަކަށް އެއްފަހަރާ 21 މީހުންނަށް އެރެ އެވެ.ހިޔާގެ ދެވަނަ ޓަވަރުގެ އިތުރުން 1، 3 އަދި 4 ވަނަ ޓަވަރުގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް މިހާރު އޮތީ ގާތްގަނޑަކަށް ނިމިފަ އެވެ. އެ ޓަވަރުތަކުގައި ލިފްޓު ޓެސްޓްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެޗްޑީސީގެ އަމާޒަކީ އަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށް ހިޔާގެ ހުރިހާ ޓަވަރެއްގައި އިތުރު ލިފްޓު ހަރުކުރުމުގެ މަސައްކަތް ނިންމާލުމެވެ
ކިޔުންތެރިންގެ ޝުއޫރު