ޚަބަރު
40 އަހަރު ފަހުން ހަރަމްފުޅެއްގެ އިމާމަކު ރާއްޖެ ވަޑައިގަންނަވަނީ
މަދީނާގެ ހަރަމްފުޅުގެ އިމާމް އަދި ހަތީބު ޑރ. ސަލާހުލްބުދައިރު ރާއްޖެ ވަޑައިގަންނަވަނީ.
މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީގެ އިމާމް އަދި ޚަތީބު ޑރ. ސަލާހުލްބުދައިރު، ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ހުއްދަ ދެއްވައިފި އެވެ.

ޝަހީމްގެ ޕޯސްޓްގައި ލިޔުއްވި ގޮތުގައި މަދީނާ ހަރަމްފުޅުގެ އިމާމުގެ ދަތުރުފުޅުގައި ހަމަޖެހިފައިވާ ކަންކަމަކީ:

  • އިސްލާމީ މަރުކަޒުގައި ހުކުރު ހުތުބާ ދެއްވުން

  • އާންމު ރައްޔިތުންނަށް ދީނީ ދަރުސެއް ދެއްވުން

  • ދިވެހި ދީނީ އިލްމުވެރިންނާ ބައްދަލުކުރެއްވުން

  • ސަލްމާން މިސްކިތަށް ޒިޔާރަތްކުރެއްވުން

  • އިސްލާމީ މުއައްސަސާތަކަށް ޒިޔާރަތްކުރެއްވުން

  • ރައީސް މުއިއްޒުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރެއްވުން

ޑރ. ސަލާހުއްބުދައިރު ވަޑައިގަންނަވާ އިރެއް ޝަހީމް ލިޔުއްވާފައެއް ނުވެ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިއީ 40 އަހަރު ފަހުން ރާއްޖެއަށް ހަރަމްފުޅެއްގެ އިމާމަކު ވަޑައިގަންނަވާ ފަހަރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެންމެ ފަހުން ޙަރަމްފުޅެއްގެ އިމާމަކު ރާއްޖެ ވަޑަައިގަތީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށެވެ. އެ ފަހަރު ވަޑައިގެންނެވީ މައްކާގެ ޙަރަމްފުޅުގެ އިމާމު ފަޟީލަތުއްޝައިޚު މުޙައްމަދު އައްސުބައްޔިލެވެ.

މިފަހަރު ރާއްޖެ ވަޑައިގަންނަވާ މަދީނާގެ ހަރަމްފުޅުގެ އިމާމަކީ ވެސް ވަރަށް ރީތިކޮށް ގުރުއާން ކިޔަވާ ވިދާޅުވާ ބޭފުޅެކެވެ. މަދީނާގެ ހަރަމްފުޅުގައި އިމާމުވެ، ތަރާވީހް ނަމާދު ވެސް ކުރައްވަ އެވެ. އަދި އެ ބޭފުޅާއަކީ އިސްލާމީ ދުނިޔޭގެ އިހްތިރާމާއި ލޯބި ލިބިވަޑައިގެންފައިވާ އިލްމުވެރި ބޭފުޅެކެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު