ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ވަގުފު އިމާރާތްތަކުގެ މަޝްރޫއަށް 350 މިލިއަންގެ އިސްލާމިކް ލޯނެއް
ހަސަން ހަލީމް
15 އޭޕްރީލް 2025 - 13:52
0
comments
Tweet
Telegram
މާލޭ ސަރަޙައްދުގައި ވަފްފު އިމާރާތްތައް އަޅަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިސްލާމިކް އިން 350 މިލިއަން ރުފިޔާގެ ލޯން ދިނުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ އިސްލާމީ ވައުދުތަކުގެ ތެރެއިން މުހިންމު އެއް ވައުދަކީ ވަގުފު ފަންޑުގެ މަޝްރޫއުތައް ފުޅާކުރުމުގެ ވައުދު ކަމަށެވެ. އެއީ އިސްލާމީ ހިދުމަތްތަކަށް ހޭދަކުރަން ބޭނުންވާ ފައިސާ ހޯދުން ކަމަށް ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ އިސްލާމީ ވަގުފު ފަންޑު ތަރައްގީކުރުމަށް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި މިގޮތުން މިއަދު މުހިންމު ނިންމުންތަކެއް ނިންމާފައިވާ ކަމަށެވެ.
މި ނިންމުންތަކުގެ ތެރޭގައި، އިސްލާމިކް ވަގުފު ފަންޑުން ހޭދަކުރުމުގެ ދާއިރާތައް ފުޅާކުރުމާއި ދާރުލްއީމާން ބިލްޑިންގް އަކީ އިސްލާމީ ވަގުފު ފަންޑުގެ އެސެޓެއްކަމުގައި ރަސްމީކޮށް ކަނޑައެޅުމާއި އެތަނުން ލިބޭ ނަފާއަކީ މިސްކިތްތަކަށް ހާއްސަކޮށް ވަގުފުކުރެވިފައިވާ އެއްޗަކަން ހެދުން ހިމެނޭ ކަމަށް ޝަހީމް ވިދާޅުވި އެވެ.
މީގެ އިތުރުން އަލަށް އިމާރާތްކުރާ ދާރުއްސަލާމް ބިލްޑިންގާއި ދާރުލްއަރްގަމް ބިލްޑިންގުން ލިބޭ ނަފާ ދީނީ ކަންކަން ކުރިއެރިވުމަށް އެހީވާ ވަގުފު ފަންޑަށް ކަނޑައެޅުމާއި ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވާ ވަގުފު ފަންޑުގައި 15 މިލިއަން ރުފިޔާގެ (ކޭޝްވަޤްފު) އުފެއްދިކަމުގެ ވަސީގާގައި ސޮއިކުރުމާއި އަދި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ "ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވާ ވަގުފު ފަންޑު" އާއި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ "ޒަކާތު ފަންޑު" އާ ގުޅިގެން "ދާރުއްސަލާމް" އާއި "ދާރުލް އަރްޤަމް" ތަރައްގީކުރުމަށް ނިންމުމުގެ ވަޘީޤާގައި ސޮއިކުރުން ހިމެނޭ ކަމަށް ޝަހީމް ވިދާޅުވި އެވެ.
މި މަޝްރޫއުތަކަށް ބީއެމްއެލް އިސްލާމިކުން ވަނީ 350 މިލިއަން ރުފިޔާގެ އިސްލާމިކް ލޯން ދިނުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ ވަގުފު ފަންޑުގެ އިންވެސްޓްމަންޓްތަކުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
17 ގަޑިއިރު ކުރިން
0
40 އަހަރު ފަހުން ހަރަމްފުޅެއްގެ އިމާމަކު ރާއްޖެ ވަޑައިގަންނަވަނީ
3 ދުވަސް ކުރިން
0
ޒަކާތު ފަންޑުން ސްކޮލަޝިޕަށް ހުޅުވާލަނީ
5 ދުވަސް ކުރިން
0
ޝަރީއަތަކުން މަރުވީކަމަށް ނުނިންމައި މައްޗަށް ކަށުނަމާދު ނުކުރެވޭނެ: ޝަހީމް
17 ދުވަސް ކުރިން
0
އީދު ނަމާދަށް އިމާމު ނައުމުން ފިޔަވަޅު އަޅައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އެޗްޑީސީގެ ބޯޑު މެންބަރުގެ މަގާމަށް އިބްރާހިމް ތައާމު
16 ގަޑިއިރު ކުރިން
0
40 އަހަރު ފަހުން ހަރަމްފުޅެއްގެ އިމާމަކު ރާއްޖެ ވަޑައިގަންނަވަނީ
17 ގަޑިއިރު ކުރިން
0
އެމްޑީޕީގެ ވެރިކަމެއްގައި އިޒްރޭލު މީހުން އަންނަން އަލުން ހުއްދަދޭނެ: ފަލާހު
19 ގަޑިއިރު ކުރިން
0
އިޒްރޭލު ޕާސްޕޯޓް މަނާ ކުރާ ބިލު ރައީސް ތަސްދީގު ކުރައްވައިފި
19 ގަޑިއިރު ކުރިން
0