ޚަބަރު
އީދު ނަމާދަށް އިމާމު ނައުމުން ފިޔަވަޅު އަޅައިފި
ހުޅުމާލޭގައި ހުންނަ އަޒީޒާ މޫސާ މިސްކިތް / ފޮޓޯ: އަދަދު
ހުޅުމާލޭގެ އަޒީޒާގެ މިސްކިތުގެ އިމާމާއި ބަދަލުގައި ހަަމަޖައްސާފައިވާ މީހާ ސަސްޕެންޑްކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ރާއްޖޭގެ ހުރިހައި ރަށެއްގައި ހުތުބާ ކިޔުމުން އެ ދެ މީހުން ސަސްޕެންޑުކުރީ ފަސް އަހަރުގެ މުއްދަތަކަށް ކަމަށެވެ. މިނިސްޓްރީން އެ ދެ މީހުންނަށް އެކަން ވަނީ އަންގާފަ އެވެ.

އެ މިސްކިތުގައި ބަދަލުގައި އިމާމުވެ އީދު ނަމާދުކުރަން ހަމަޖައްސާފައިވަނީ މިސްކިތުގެ އަސްލު އިމާމެވެ. އޭނާގެ މައްސަލަ ވަކިން ބަލައި އުސޫލުގެ ތެރެއިން އިމާމުކަމުގެ ވަޒީފާއިންވެސް ސަސްޕެންޑުކުރަން ކަމާބެހޭ ޔުނިޓަށް އަންގާފައިވާ ކަަމަށްވެސް ޝަހީމް ވިދާޅުވި އެވެ.

އަޒީޒާ މިސްތުގައި އީދު ނަމާދު ކުރާނެ މީހަކު ނުވުމުން އެކަމާ ހަވާލުވީ، ބިދޭސީ މީހެއްކަމަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ކޮށްފައިވާ ޕޯސްޓްތަކުން އެނގެ އެވެ. އަދި ނަމާދަށް ފަހު އޭނާ ހުތުބާ ކިޔާފައިވަނީ އަރަބި ބަހުންނެވެ.

މިއަދަކީ ފިތުރު އީދު ދުވަސް ކަމަށްވާ އިރު ރާއްޖޭގައި ހުރިހާ ހިސާބެއްފައި އީދު ނަމާދު ކުރީ ހެނދުނު 7:00 ގަ އެވެ. މާލޭގައި އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރީ މާފަންނު ސްޓޭޑިއަމްގަ އެވެ. މާފަންނު ސްޓޭޑިއަމްގެ އިތުރުން ގިނަ މިސްކިތްތަކުގައި ވެސް އީދު ނަމާދުކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު