ޚަބަރު
24 ހާފިޒުންނަށް ރައީސް ސަނަދު ދެއްވައިފި
ހާފިޒުން ދަސްވެނިވުމަށް ހާއްސަކޮށް މިރޭ ބާއްވާ ފުރަތަމަ ހަފުލާގައި ހިފްޒު ކުރި ބައެއް ދަރިވަރުން
ހާފިޒުން ދަސްވެނިވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި 24 ހާފިޒަކު ގުރުއާން ހިތުދަސްކޮށް ހާފިޒުކަމުގެ ސަނަދު މިރޭ ހާސިލްކޮށްފި އެވެ. 

ހާފިޒުންނަށް ހަނދާނީ ލިޔުން ދިނީ ހާފިޒުން ދަސްވެނިވުމަށް ހާއްސަކޮށް ރާއްޖޭގައި ފުރަތަމަ ފަހަރަށް މިރޭ ބޭއްވި ހަފުލާގަ އެވެ. ސަނަދު ހަވާލުކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ.

ރައީސް މުއިއްޒު މެޑަލް އެރުވި ހާފިޒުންގެ ތެރޭގައި ހިމެނެނީ މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން މި މަހުގެ ނިޔަލަށް ގުރުއާން ހިތުދަސްކުރެއްވި ހާފިޒުންނެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މިވަގުތަށް 250 ކުދިންނަށް ހާފިޒު ކަމުގެ ސަނަދު މިނިސްޓްރީން ދީފައިވާ ކަމަށެވެ.

ސަރުކާރުގެ އަމާޒަކީ ފަސް އަހަރު ތެރޭގައި 1،000 ކުދިން ހާފިޒުންނަށް ހެދުން ކަމަށް އޭނާ ވިދާޅުވި އެވެ.

މިރޭ ދަސްވެނިވީ މިދިޔަ ޖުލައި އިން ފެށިގެން މި މަހުގެ 20 ގެ ނިޔަލަށް ގުރުއާން ހިތުދަސްކޮށް، ގުރުއާނާ ބެހޭ މަރުކަޒުން ކަނޑައަޅާފައިވާ މިންގަނޑަށް ހިފްޒު ކޮމެޓީ އަށް ކިޔައިދީ ފާސްވެފައިވާ ހާފިޒުންނެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު