ޚަބަރު
ހާފިޒުން ދަސްވެނިވުމުގެ ޖަލްސާ މިރޭ
ޤުރުއާން ހިތުދަސް ކުރެއްވި ފަރާތްތަކަށް ރައީސް ފަރާތުން ހަނދާނީ ފިލާ އަރުވަނީ--ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގައި ކީރިތި ގުރުއާން ހިތުދަސްކުރާ ޙާފިޡުންނަށް ސަނަދުގެ އެރުވުމަށް ހާއްސަކޮށްގެން ފުރަތަމަ ފަހަރަށް ބާއްވާ ދަސްވެނިވުމުގެ ޖަލްސާ މިރޭ ބާއްވަން ތައްޔާރުވެއްޖެ އެވެ. 

މިރޭ 22:00 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާ ޝަރަފްވެރިކޮށްދެއްވާނީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މުޅިން އަލަށް ބާއްވާ ހާފިޒުންގެ ދަސްވެނިވުމުގެ ޖަލްސާއަކީ ކީރިތި ގުރުއާން ހިތުދަސްކުރާ ފަރާތްތަކުގެ އަގު ވަޒަންކޮށް، ޝަރަފްވެރިކަމާއެކު ސަނަދު އެރުވުމަށް ސަރުކާރުން ބާއްވާ ޖަލްސާއެއް ކަމަށެވެ.

މީގެ ކުރިން ހާފިޒު ކަމުގެ ތާޖު އަޅުވަނީ ކީތިރި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާގަ އެވެ. ނުވަތަ ގައުމީ ދުވަހާއި ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާގެ ތެރޭގަ އެވެ. 

ކީރިތި ޤުރުއާން ހިތުދަސްކުރާ ހާފިޒުންނަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވަ އެވެ. އެގޮތުން، ކީރިތި ގުރްއާން ކިޔެވުމުގެ 36ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ދައުލަތުން މިހާރު ހާފިޡުންނަށް ދޭ އިނާޔަތް، ދެގުނައަށް ބޮޑު ކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު