ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އީދު ދުވަހަކީ ހެޔޮ ފޯރުވުމުގެ ދުވަހަކަށް ހަދަންޖެހޭ: ރައީސް
ހަސަން ހަލީމް
29 މާޗް 2025 - 22:24
0
comments
Tweet
Telegram
ފިޠުރު ޢީދު ދުވަހުގެ އެންމެ ޚާއްސަ އަޒުމަކަށްހަދަންވީ ކުރިއަށް އޮތް ދުވަސްތަކުގައި އަމިއްލަ ނަފްސު އިޞްލާޙުކުރުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ފިޠުރު ޢީދާ ގުޅިގެން ފޮނުއްވެވި ހިތާބުގަ އެވެ.
ރައީސް ވިދާޅުވީ މިއަދު އަޅުގަނޑުމެން ފިތުރު އީދުގެ އުފާ ފާޅުކުރަމުން ދާއިރު ގާޒާގެ މުސްލިމު ރައްޔިތުންގެ މަތިން ހަނދާންކުރުމަށް ކުޑަވެސް ފަނޑުކަމެއް އަޔަދީގެން ނުވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އެގޮތުން، ގާޒާގެ ލޮބުވެތި ކުޑަކުދީންގެ ގިސްލުމުގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށާއި އަޅުގަނޑުމެންގެ ހެޔޮއެދުމާއި ހެޔޮދުޢާތައް ފަލަޞްތީނުގެ ލޮބުވެތި އަހުންނާއި އުހުތުންނާއެކު އަބަދުވެސް ދަމަހައްޓަންވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސްގެ ހިތާބު ނިންމަވައިލެއްވީ އިސްލާމީ އުންމަތަށް ނަސްރާއި ރައްކާތެރިކަން ދެއްވުމަށާއި ދިވެހި ގައުމަށް ހެވާއި ލާބަ މިންވަރު ކުރައްވައި ކުރިޔަށް އޮތް އަހަރަކީ ބާއްޖަވެރި އަމާން ތިޔާގި އަހަރެއްކަމުގައި ލެއްވުމަށް އެދި ދުޢާ ދަންނަވަމުންނެވެ. ވިދާޅުވީ އީދު ދުވަހަކީ ރޯދަމަސް ނިމި އަލުން ދިރިއުޅުމުގެ އާ އަހަރަކާ ކުރިމަތިލާ ދުވަސް ކަމަށާއި މުޅި ރޯދަމަހު އަޅުކަމަށްޓަކައި ހޭދަކުރިހައި ވަގުތަށް ފަހު، އިލާހީ ރުއްސެވުމާއި ފުއްސެވުން ލިބުނުކަމުގެ އުންމީދާއެކު އަނެއްކާވެސް އާ ދުވަސްތަކެއް ލިބެނީ ކަމަށެވެ.
އެހެންކަމުން ޢީދު ދުވަހުގެ އެންމެ ހާއްސް އަޒުމަކަށް ވާންވީ އަމިއްލަ ނަފުސުގެ އިޞްލާހަށް އެދި ﷲގެ ހަޟްރަތުގައި ދެންނެވި ފަދައިން ކުރިޔަށް އޮތް ދުވަސްތަކުގައި އަމިއްލަ ނަފްސު އިޞްލާޙުކުރުން ކަމަށާއި އީދުގެ އުފާތައް ލިބިގަތުމުގައިވެސް އަދި އޭގެ ފަހުންވެސް ކޮންމެ ކަމެއްގައި އިސްލާމްދީނުގެ މަތިވެރި އިމުގެ ތެރޭގައި ހުރިހައި ޢަމަލުތަކެއް ބެހެއްޓުމަށް ރައީސް ގޮވާލެއްވި އެވެ.
"ސަރުކާރުން މަސައްކަތްކުރާނީ މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ޝިއާރުތައް އުފުލުމުގައި ނަމޫނާ ގައުމަކަށް ދިވެހި ގައުމު ހެދުމަށެވެ. އީދުގެ އުފާ ލިބިގަތުމުގައި ރަށްރަށް ދިއްލުމާއި ތަކުބީރުގެ އަޑު ގުގުމާނެހެން އިންތިޒާމުތައް ހަމަޖެއްސުމަކީ އެ މަގްޞަދުގައި ތަޢާރަފުކުރެވުނު ކަންކަމެވެ،" ރައީސް ވިދާޅުވި އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 ދުވަސް ކުރިން
0
އޮގަސްޓް 30 އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ
5 ދުވަސް ކުރިން
0
އެއާ އިންޑިއާގެ މަތިންދާބޯޓެއް ވެއްޓުމާ ގުޅިގެން ރައީސް ހިތާމަ ފާޅުކުރައްވައިފި
18 ދުވަސް ކުރިން
0
ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތަށް ޑަބްލިއުއެޗްއޯއިން ރައީސަށް އެވޯޑެއް
18 ދުވަސް ކުރިން
0
ރާއްޖޭގެ 4 އަތޮޅެއްގައި ގާއިމުކުރި ޑަޔަލަސިސްގެ ހިދުމަތް ރައީސް ފައްޓަވައިދެއްވައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އީރާނުގެ ދަޢުލަތުގެ ޓީވީ ސްޓޭޝަނަށް އިޒްރޭލުން ބޮން އަޅައިފި
10 ގަޑިއިރު ކުރިން
0
ޓްރީ ޓޮޕްގައި ހައްޖުވެރިންނަށް ހާއްސަ ފްލޫ ކްލިނިކެއް
10 ގަޑިއިރު ކުރިން
0
ފައިސާ ނުލިބެނީސް ޖީއެސްޓީ ދައްކަން ޖެހޭތީ މަޖިލީހަށް ގަރާރެއް
11 ގަޑިއިރު ކުރިން
0
ރައީސް ނަޝީދާއި ފައްޔާޒް ފަރިއްކޮޅަކަށް، ސިޔާސީ ސައްލާ ކުރެއްވި!
17 ގަޑިއިރު ކުރިން
0