ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ފައިސާ ނުލިބެނީސް ޖީއެސްޓީ ދައްކަން ޖެހޭތީ މަޖިލީހަށް ގަރާރެއް
އައިމިނަތު ޝިޔާޒާ
16 ޖޫން 2025 - 21:11
0
comments
Tweet
Telegram
ވިޔަފާރިތަކަށް ފައިސާ ނުލިބެނީސް އެ މުދަލެއް ނުވަތަ ހިދުމަތަކަށް ޖީއެސްޓީ ދައްކަން ޖެހޭ ގޮތަށް ގާނޫނު އޮތުމުން ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު މިހާރު އޮންނަ ގޮތުން، މުދަލެއް ނުވަތަ ޚިދުމަތެއްގެ އަގަށްވާ ޓެކްސް އިންވޮއިސް ތައްޔާރުކުރާ ވަގުތުން ފެށިގެން ޓެކްސް ދައްކަން ޖެހޭނެއެވެ. އެހެންވެ، އެ މުދާއި ނުވަތަ ހިދުމަތަށް ފައިސާ ނުލިބެނީސް ޓެކްސް ދައްކަންޖެހެ އެވެ.
ކެޔޮދު ދާއިރާގެ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރު މުހައްމަދު ނިއުޝާދު ހުށަހެޅުއްވި އެ ގަރާރުގައިވަނީ މުދަަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ކަމަށްވާ ޖީއެސްޓީ ލާޒިމުވާ ވަގުތު ކަނޑައެޅުމުގައި ގާނޫނުގައި މިހާރު އޮންނަ ގޮތުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑު ގެއްލުމެއް ކުރިމަތިވާކަމުގެ ޝަކުވާ އަންނަ ކަމަށެވެ.
އެ ގަރާރުގައިވަނީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ 17 ވަނަ މާއްދާގެ ހ. ގައި ޖީއެސްޓީ ލާޒިމުވާ ވަގުތު ކަމަށް ބަލަނީ އެ މުދަލުގެ ނުވަތަ ހިދުމަތުގެ އަގަށްވާ ޓެކްސް އިންވޮއިސް ތައްޔާރުކުރާ ވަގުތާއި އަގު ނަގާ ވަގުތު ކަމަށެވެ. އެގޮތަށް އޮތުމުގެ ސަބަބުން އިންވޮއިސް ތައްޔާރުކުރާ ވަގުތުން ފެށިގެން ޖީއެސްޓީ ދެއްކުން ލާޒިމުވި ނަމަވެސް އެ މުދަލެއްގެ ނުވަތަ ހިދުމަތުގެ އަގު ވިޔަފާރިތަކަށް ނުލިބި އޮތުމަކީ އާންމު ކަމަކަށްވެފައިވާ ކަމަށް ގަރާރުގައިވެ އެވެ.
އަދި މީގެ އިތުރުން ދައުލަތުގެ އިދާރާތަކުންނާއި ސަރުކާރުގެ ކުންފުނިތަކުން އެފަދަ ވިޔަފާރިތަކާ މަސައްކަތް ހަވާލުކުރުން ހުއްޓާލުމަކީ ދައުލަތުން ހިންގާ އިގްތިސާދީ ޖަރީމާއެއް ކަމަށް ވެސް އެ ގަރާރުގައިވެ އެވެ.
އެކަމުގެ ސަބަބުން އިގުތިސާދު ހީނަރުވެ، އެތައް ބައެއްގެ ވަޒީފާ ގެއްލި، ގިނަ ބައެއްގެ ދިރިއުޅުމަށް ދަތިވެދާނެކަމަށް ގަރާރުގައިވެ އެވެ.
އަމިއްލަ ވިޔަފާރިތަކަށް ސަރުކާރުން ދޭންޖެހޭ ގިނަ އަދަދެއްގެ ފައިސާ އަދިވެސް ނުދީ އެބައޮތެވެ.
މި މައްސަލައަކީ މި އަހަރުގެ ރޯދަމަހުގެ ކުރިން ހައްލުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވާ މައްސަލައެކެވެ. އެކަމަކު، އެ ފައިސާ މިހާތަނަށް ދޫކޮށް ނިންމާފައެއް ނުވެ އެވެ.
އޭގެ ސަބަބުން ދައުލަތުގެ އިދާރާތަކުންނާއި ސަރުކާރުގެ ކުންފުނިތަކުން އެފަދަ ވިޔަފާރިތަކާ މަސައްކަތް ހަވާލުކުރުން ހުއްޓާލުމަކީ ދައުލަތުން ހިންގާ އިގްތިސާދީ ޖަރީމާއެއް ކަމަށް ވެސް އެ ގަރާރުގައިވެ އެވެ.
އެހެންވެ، އެ ގަރާރުގައިވަނީ އޭގެ ސަބަބުން ވިޔަފާރިތައް ހުއްޓި، އެތައް ބައެއްގެ ވަޒީފާތައް ގެއްލި އަދި ރާއްޖޭގެ އިގްތިސާދު ހީނަރުވެ، މީހުންގެ ދިރިއުޅުމަށް އޭގެ އަސަރު ކުރާނެ ކަމަށް ފެންނާތީ، މަޖިލީހުގައި އެ މައްސަލާގައި ބަހުސް ކުރުމަށެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
3 މަސް ކުރިން
0
އުފެއްދުންތެރިކަމުގެ މައުރަޒުގައި ބޭނުން އަދަދަކަށް ތަކެތި ބައިވެރިކުރެވޭގޮތް ހަދައިފި
4 މަސް ކުރިން
0
އަސާސީ މުދަލެއްގެ އަގު ބޮޑުވާނަމަ އެކަން ހުއްޓުވާނަން: ސައީދު
4 މަސް ކުރިން
0
ރޯދަމަހު ކެފޭ އާއި ފިހާރަތައް ހުޅުވޭނެ ގަޑިތައް ކަނޑައަޅައިފި
7 މަސް ކުރިން
0
އެސްއެމްއީތަކުގެ ދައުރު ފުޅާކުރަންޖެހޭ: ނައިބު ރައީސް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އީރާނުގެ ދަޢުލަތުގެ ޓީވީ ސްޓޭޝަނަށް އިޒްރޭލުން ބޮން އަޅައިފި
4 ގަޑިއިރު ކުރިން
0
ޓްރީ ޓޮޕްގައި ހައްޖުވެރިންނަށް ހާއްސަ ފްލޫ ކްލިނިކެއް
4 ގަޑިއިރު ކުރިން
0
ފައިސާ ނުލިބެނީސް ޖީއެސްޓީ ދައްކަން ޖެހޭތީ މަޖިލީހަށް ގަރާރެއް
5 ގަޑިއިރު ކުރިން
0
ރައީސް ނަޝީދާއި ފައްޔާޒް ފަރިއްކޮޅަކަށް، ސިޔާސީ ސައްލާ ކުރެއްވި!
11 ގަޑިއިރު ކުރިން
0