ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އަސާސީ މުދަލެއްގެ އަގު ބޮޑުވާނަމަ އެކަން ހުއްޓުވާނަން: ސައީދު
އިސްމާއިލް ރިޒާ
15 ފެބުރުއަރީ 2025 - 22:37
0
comments
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
Tweet
Telegram
ރާއްޖޭގައި، އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު %3 އަށްވުރެ ދަށުގައި މިހާރުވެސް މެނޭޖްކުރެވެމުންދާ ކަމަށާއި ކުރިއަށް އޮތް ރަމަޟާން މަހުވެސް ތަކެތީގެ އަގު ބޮޑުވިޔަ ނުދެއްވާނެ ކަމަށް އިޤްތިޞާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.
ސައީދު މިހެން ވިދާޅުވީ އާންމު ރައްޔިތުން ވަޒީރުންނާ ސުވާލުކުރުމަށް ކުރިއަށް ގެންދާ "އަހާ"ގެ ހަތަރުވަނަ ފޯރަމުގައި އާންމު މީހަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ވަޒީރު ވިދާޅުވީ ރޯދަ މަހާ ދިމާކޮށް ތަކެތީގެ އަގުތައް މައްޗަށް ދާތީ އެކަމަށް ހައްލު ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން ދުރާލައި އެކަމަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި ރޯދަ މަހާ ދިމާކޮށް އަސާސީ އެއްވެސް މުދަލެއްގެ އަގު ބޮޑުވޭތޯ އިކޮނޮމިކް މިނިސްޓްރީގައި އެކުލަވާލާފައިވާ ހާއްސަ ކޮމިޓީއަކުން ގަވައިދުން ބަލަމުން ދާނެ ކަމަށް ވިދާޅުވި އެވެ.
އަސާސީ މުދަލުގެ ގޮތުގައި 183 އައިޓަމެއް ހިމަނައި އެ ތަކެތީގެ އަގުތައް ބޮޑުވާނަމަ އަވަސް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.
ވަޒީރު ސަޢީދު ވިދާޅުވީ ރަމަޟާން މަހު އެއްވެސް އެއްޗެއްގެ އަގު ބޮޑުވާނަމަ ސަރުކާރުން އެކަމާ ގުޅިގެން ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
"ފިޔާވެސް އެސްޓީއޯ މެދުވެރިކޮށް ޝިޕްމަންޓްތައް ގެންނަމުން އެދަނީ. އަގުހެޔޮ ކުރާނެ. އެއްތަނަކުން ނުލިބިއްޖެއްޔާ އެހެން ތަނަކުންވެސް ގެންނާނެ. މާނައަކީ އެއް ޤައުމުން ނުލިބިއްޖެއްޔާ އެހެން ޤައުމަކުންވެސް ގެންނާނެ، ކަނޑުމަގުން ނުގެނެވޭ ކަމަށްވަންޏާ އެއަރ ފްރައިޓްކޮށްވެސް އިރާދަކުރެއްވިއްޔާ ގެންނާނެ. އަޅުގަނޑުމެންގެ ޓާގެޓަކީ އެއްޗެއްގެ އަގު ބޮޑުވާ މައްސަލަ އައިއްސި ކަމަށްވަންޏާ އިމީޑިއެޓްލީ އެއަށް އެޓެންޑްވުން." ވަޒީރު ސައީދު ވިދާޅުވި އެވެ.
ރަމަޟާން މަހާ ގުޅިގެން ތަކެތީގެ އަގު އުފުލުނަ ނުދިނުމަށް ވިޔަފާރިތަކުންވެސް މަސައްކަތް ކުރުމަށް ވަޒީރު އެދިވަޑައިގެންނެވިއެވެ. މީގެ ސަބަބުން ވިޔަފާރިވެރިންނަށް ދަތިތަކާ ދިމާވާނަމަ އެކަން ސަރުކާރާ ހިއްސާކުރެއްވުމަށްވެސް އިޤްތިޞާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވި އެވެ.
ރޯދައަށް އަސާސީ މުދަލުގެ އަގު ހިފެހެއްޓުމަށްޓަކައި އެސްޓީއޯ އިން މިހާރު ވަނީ ބައެއް މުދާ ރާއްޖެ ގެނެސް ވިއްކަން ފަށާފަ އެވެ. އެގޮތުން ކާށި، ފިޔާ އަދި ލުނބޯ މިއަދު ވަނީ ވިއްކަން ފަށާފަ އެވެ.
އެސްޓީއޯ އިން ރޯދައަށް ރާއްޖެއަށް ގެންނަ ބާވަތްތައް
އަސާސީ ކާބޯތަކެތި: ފިޔާ، ބިސް އަލުވި، ކާށި، ކަދުރު
ތާޒާ ތަރުކާރީ އަދި މޭވާ: ލޮނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބޫ، ޕެޝަންފުރުޓް، ކިއުކަންބާ
ޕްރޮސެސްޑް ކާނާ: ނެސްލޭ ކުރީމް، ކޮކޯ ޕައުޑަ، ބޭކެޓް ބީންސް، ގެރިކިރު ދަޅު
ކެއްކުމަށް ބޭނުންކުރާތަކެތި: ސަންފްލާވަ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތި ހަނޑޫ
މިނިސްޓަރު އިތުރަށް ވިދާޅުވީ މުދަލުގެ އަގުތައް ހިފެހެއްޓުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކާ ގުޅިގެން ވިޔަފާރިވެރިންނަށް ދަތިތަކެއް ހުރި ނަމަ ސަރުކާރާ ވާހަކަ ދައްކައިގެން ދަތިތަކަށް ހައްލު ހޯދޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
18 ގަޑިއިރު ކުރިން
0
ފައިސާ ނުލިބެނީސް ޖީއެސްޓީ ދައްކަން ޖެހޭތީ މަޖިލީހަށް ގަރާރެއް
25 ދުވަސް ކުރިން
0
އުފެއްދުންތެރިކަމުގެ މައުރަޒުގައި 275 ފަރާތަކަށް އިނާމު ހަވާލުކޮށްފި
1 މަސް ކުރިން
0
މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަމަހައްޓައިފި
1 މަސް ކުރިން
0
ބަންކަރިން ހިދުމަތުން މިވަގުތަށް 7 މިލިއަން ޑޮލަރު ލިބިއްޖެ: ސައީދު
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ތަހުގީގު ރިޕޯޓު އާންމުކުރަން ރައީސް އަންގަވައިފި
1 ގަޑިއިރު ކުރިން
0
ކައުންސިލަރުންނަށް ހާއްސަ ހަތީބު ކޯހުގެ 50 ފުރުސަތަށް ހުޅުވާލައިފި
1 ގަޑިއިރު ކުރިން
0
މެޑަމް ސާޖިދާ ޔޫއޭއީއަށް ފުރާވަޑައިގެންފި
2 ގަޑިއިރު ކުރިން
0
ޔުމްނުގެ މައްސަލާގައި ރިޔާސީ ކޮމިޝަންގެ ތަހުގީގު ރިޕޯޓް ރައީސަށް ފޮނުވައިފި
3 ގަޑިއިރު ކުރިން
0