ޚަބަރު
ބަންކަރިން ހިދުމަތުން މިވަގުތަށް 7 މިލިއަން ޑޮލަރު ލިބިއްޖެ: ސައީދު
ބަންކަރިންއިން މިހާތަނަށް ހޯދުނު ހަތް މިލިއަން ޑޮލަރުގެ އާމްދަނީ ހޯދީ، ރާއްޖެއަށް ވެރީ ލޯ ސަލްފާ ފިއުލް އޮއިލް (ވީއެލްއެސްއެފްއޯ) ބަންކަރުކޮށްގެން ކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

ޕީއެންސީ ހަރުގެ ޖަލްސާގައި ރޭ ސައީދު ވިދާޅުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 18 ވަނަ ދުވަހު ފެށި ބަންކަރިންގެ ހިދުމަތަށް މިހާތަނަށް 7.4 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ. އެއީ 114 މިލިއަން ރުފިޔާ އެވެ.

"ގާތްގަނޑަކަށް ފަސް މަހާ ދުވަސްކޮޅެއް މިވީ [ބަންކަރިން ހިދުމަތަށް]. ކުޑައެއް ނޫނެއް ނޫންތޯ [7.4 މިލިއަން ރުފިޔާ]،"

ސަައީދު ވިދާޅުވި ގޮތުގައި އެ ހިދުމަތަށް ލިބުނު 7.4 މިލިއަން ރުފިޔާގެ 95 ޕަސެންޓް ފައިސާ ލިބުނީ ރާއްޖެއަށް މުޅިން އަލަށް ގެނައި ލޯ ސަލްފާ ބަންކަރިން މެދުވެރިކޮށެވެ.

މިދިޔަ އޭޕްރީލް 21ގައި ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަންކަރިންގެ ހިދުމަތުން ލިބުނު އާމްދަނީއާ ގުޅޭގޮތުން ސުވާލު ކުރުމުން ސައީދު ސީދާ ޖަވާބެއް ނުދެއްވައެވެ. އެ ދުވަހު އޭނާ ވިދާޅުވީ އެ ހިދުމަތުން ރަނގަޅު އާމްދަނީއެއް ލިބިފައިވާ ކަމަށާއި، އޭގެ އަދަދުތައް ދޭނީ އެސްޓީއޯއިން ކަމަށެވެ.

ރާއްޖެއިން މި ހިދުމަތް ފެށީ، މަޑުމަޑުން މި ހިދުމަތް ތަރައްގީކޮށް 400 މިލިއަނެއްހައި ރުފިޔާގެ ފައިދާ ހޯދަންކަމަށް ސައީދު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

އުތުރުގެ އިހަވަންދިއްޕޮޅުގައި ބައިނަލްއަގްވާމީ ބަންކަރިން މަޝްރޫއެއް ހިންގަން އެސްޓީއޯއިން ހަކަތައިގެ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު އަމިއްލަ ކުންފުނި، ވިޓޯލްއާ އެކު އެމްއޯޔޫއެއްގައި ސޮއިކުރީ 13 މާޗު 2024ގަ އެވެ.

އެސްޓީއޯއިން ބަންކަރިންގެ ހިދުމަތް ދޭ ޗެނަލުން މަހަކު 300 އުޅަނދު ރާއްޖެ ހުރަސްކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު