ޚަބަރު
ޓްރީ ޓޮޕްގައި ހައްޖުވެރިންނަށް ހާއްސަ ފްލޫ ކްލިނިކެއް
ހައްޖުގެ އަޅުކަމަށް ފަހު އެނބުރި އަންނަ ފަރާތްތަކަށް ދިމާވެދާނެ ސިއްހީ މައްސަލަތަކަށް އަވަހަށް ފަރުވާ ފޯރުކޮށްދިނުމުގެ ގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުން ހާއްސަ ފްލޫ ކްލިނިކެއް ހުޅުވައިފި އެވެ.

ހޮސްޕިޓަލުގެ މައި ދޮރާށި ކައިރީގައި ހުންނަ ސަރަހައްދުގައި މިއަދު ހުޅުވި މި ކްލިނިކުގެ ހިދުމަތް ލިބޭނީ ހެނދުނު 10 އިން ރޭގަނޑު 8 އަށެވެ.

މި ކްލިނިކްގައި ބަލިމީހުންގެ ރައްކާތެރިކަމަށް އިސްކަންދީ، ބޭރުގައި މަޑުކުރެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިފަ އެވެ.

ހައްޖުވެރިން އެނބުރި އަންނައިރު ދަތުރުމަތީގައި މާސްކު އެޅުމާއި އަމިއްލަ ސާފުތާހިރުކަން ބެލެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ ހޮސްޕިޓަލުން އިރުޝާދު ދެ އެވެ. 

ޓްރީ ޓޮޕުން ބުނި ގޮތުގައި އެ ހޮސްޕިޓަލުން ހުޅުވި ފްލޫ ކްލިނިކުން، ނޭވާލާ ނިޒާމާ ގުޅުން ހުރި ބަލިތައް އަވަހަށް ދެނެގަނެ، އެކަށީގެންވާ ފަރުވާ ދޭނެ އެވެ. 

އަދި މި ކްލިނިކުން ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި ދާއިމީ ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިސްކަންދޭނެ ކަމަށް ވެސް ހާމަކުރެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު