ޚަބަރު
ރައީސް ނަޝީދާއި ފައްޔާޒް ފަރިއްކޮޅަކަށް، ސިޔާސީ ސައްލާ ކުރެއްވި!
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްއާއި ދެ ބޭފުޅުން މެންދުރުގެ ކެއުމެއްގައި އެކުގައި ބައިވެރިވެވަޑައިގެން "ސިޔާސީ މަސްރަހާ" ބެހޭގޮތުން ސައްލާކޮށްފި އެވެ.

މި ބައްދަލުވުމާ ގުޅިގެން ފައްޔާޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ނަޝީދާއި އޭނާ ނިސްބަތްވާ ސިޔާސީ ޕާޓީ ޑިމޮކްރެޓްސްއިން ދިން ކެއުމެއްގައި ބައިވެރިވެފައި ވާކަމަށެވެ.

އަދި ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކާއި ކުރިއަށް ކުރަން ހުރި މަސައްކަތާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ހިޔާލު ބަަދަލުކުރި ކަމަށް މި ޕޯސްޓުގައި ވެއެވެ.

"ގައުމު އަނބުރާ ހަމަމަގަށް އެޅުވޭނީ އިސްލާހަށް މަސައްކަތްކުރާ އެންމެން އެކުގައި މަސައްކަތް ކޮށްގެން،" އެ ޕޯސްޓުގައި ފައްޔާޒު ލިޔުއްވާފައި ވެއެވެ.

ނަޝީދާއި ފައްޔާޒު ބައްދަލުކުރައްވާފައި މިވަނީ އެމަނިކުފާނު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމުގެ އަޑުތަކެއް ގަދަވެފައިވަނިކޮށެވެ. މިދިޔަ އެޕްރީލް މަހު ނަޝީދު ވަނީ އެމްޑީޕީއާއި ޑިމޮކްރެޓް ގުޅުމަށް ގޮވާލައްވާފަ އެވެ. އެ  ގޮވާލުމަށް ފައްޔާޒު ވަނީ މަރުހަބާ ދަންނަވާފަ އެވެ.

ނަޝީދު 21 ޖޫން 2023ގައި އެމްޑީޕީން ވަކިވެވަޑައިގެންނެވީ އޭރުގެ ރައީސް އަދި އެމްޑީޕީގެ އޭރުގެ އިސް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު ޖެހުނު މައްސަލަގަނޑުގެ ތެރެއިންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު