ޚަބަރު
އުއްތަމަފަނޑިޔާރު މުއުތަސިމް އަކީ އަމާނާތްތެރި ބޭފުޅެއް: ނަޝީދު
ފާޑުކިޔުން އަމާޒުވެފައިވާ އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންގެ ދިފާއުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެ މަނިކުފާނަށް ތައުރީފުކުރައްވައި ވާހަކަދައްކަވައިފިއެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކޮށް، ވަކިކުރި މައްސަލައިގައި މުއުތަސިމް ހަނުހުންނެވުމުން ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ. އެހެން އޮއްވައި، ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅޭ ގޮތުން އުއްތަމަފަނޑިޔާރު، ނަޝީދަށް ގުޅުއްވައި ވާހަކަދެއްކެވި ކަމަށް ނޫހެއްގައި ވަނީ ރިޕޯޓުކޮށްފަ އެވެ.

އެ ކަމާ ގުޅިގެން ނަޝީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ ތުހުމަތުތައް ދޮގުކޮށްފަ އެވެ.

އެ ބަޔާނުގައި ބުނީ، މުއުތަސިމްއަކީ އެ މަނިކުފާނުގެ ނަޒާހާތްތެރިކަމާ މެދު ދުވަހަކު ވެސް ޝައްކެއް އުފެދިފައިވާ ބޭފުޅެއް ނޫން ކަމަށެވެ. އެ މަނިކުފާނަކީ ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު މަސްއޫލިއްޔަތުތައް އަދާކުރައްވާނެ ބޭފުޅެއް ކަމާ މެދު ކުޑަވެސް ޝައްކެއް އުފެދިފައިނުވާ ކަމަށާއި އެ މަގާމަށް އެ މަނިކުފާނު އައްޔަންކުރީ ވެސް އެ ސަބަބުތަކަށް ބިނާކޮށް ކަމަށް ބަޔާނުގައިވެއެވެ.

"މި ބާވަތުގެ ބޮޑުވެގެންވާ ފިތުނަވެރި ދޮގު ވާހަކަ ފެތުރުން ހުއްޓާލަން ދަންނަވަން،" އެކްސްގައި ބަޔާން ހިއްސާކުރައްވައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ލިޔުއްވާފައިވެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު