ޚަބަރު
ގދ. އަތޮޅުގައި އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ފަށައިފި
ގދ. އަތޮޅުގައި އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ފަށައިފި އެވެ.

ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން، ޑީއެންއާރްއިން ވިދާޅުވީ އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ގދ. އަތޮޅަށް ފުޅާކޮށްފައިވާ ކަމަށާއި، ގދ. އަތޮޅު ކައުންސިލުން އައިޑީ ކާޑު ޕްރިންޓުކޮށް އަތޮޅުގެ އެހެން ރަށްރަށަށް ފޮނުވުމުގެ މަސައްކަތްކުރާނެ ކަމަށެވެ. މިއާ އެކު އައިޑީ ކާޑުގެ ޚިދުމަތް އަވަސްވެ، ހަރުދަނާވެގެންދާނެ ކަމަށް ޑީއެންއާރުން ފާހަގަކުރައްވަ އެވެ.

މިއީ މާލޭން ބޭރުން އަތޮޅުތަކުގައި އައިޑީ ކާޑު ޕްރިންޓްކޮށް، ދޫކުރުމުގެ ހިދުމަތްދޭ 14 ވަނަ ސަރަހައްދުކަމަށްވެސް ޑީއެންއާރުން ވަނީ ފާހަގަކުރައްވާފަަ އެވެ.

ގދ. އަތޮޅުގައި އައިޑީ ކާޑުގެ ހިދުމަތް ފެށި އިރު، އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް މިދިޔަ އަހަރު އެންމެ ފުރަތަމަ ފެށީ ހުވަދު އަތޮޅުގެ އަނެއް ބުރި ކަމަށްވާ ގއ. ވިލިގިނލިންނެވެ. އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ގަ އެވެ. އަދި އެ އަތޮޅުގެ ހުރިހާ ރަށަކަށް އަތޮޅު ކައުންސިލް މެދުވެރިކޮށް މިހާރު އަންނަނީ ހިދުމަތް ދެމުންނެވެ.

ގުޅުންހުރި ލިޔުންތައް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު