ޚަބަރު
ގައުމީ ސަލާމަތާގުޅޭ މަޝްރޫއުތަކަށް ކުރާ އިންވެސްޓްމަންޓް 100 މިލިއަން ޑޮލަރަށް ބޮޑުކޮށްފި
ގައުމީ ސަލަމާތާއި ގުޅޭ މަޝްރޫޢުތަކަށް މަދުވެގެން 100 މިލިއަން ޑޮލަރު އިންވެސްޓްކުރަންޖެހޭގޮތަށް ކްރޮސް ސަބްސިޑީ އުސޫލުން މަޝްރޫއުތައް ހިންގުމާއި ގުޅޭ އުސޫލުތައް ބަދަލުކުރައްވައިފި އެވެ.

ޓޫރިޒަމްގެ ގާނޫނުގެ ދަށުން، ދައުލަތުގެ އާންމު މަންފާއަށް ހިންގުމަށް ސަރުކާރުން ކަނޑައަޅާ މަޝްރޫއުތަކާއި އަދި އެ މަޝްރޫއުތަކާ ހަވާލުވާ ފަރާތްތަކުން އިންވެސްޓް ކުރަންޖެހޭ އެންމެ މަދު މިންވަރު ރައީސް ކަނޑައަޅުއްވަން ޖެހެ އެވެ.

އެ ގާނޫނުގެ ދަށުން ރައީސް ކުރިން ނެރުއްވި ގަރާރުގައި ރާއްޖޭގެ މިނިވަންކަމާއި ހަމަޖެހުން ގާއިމް ކުރަން ހިންގާ މަޝްރޫއުތަކަށް އިންވެސްޓް ކުރަންޖެހޭ އަދަދެއްގެ ގޮތުގައި ކަނޑައަޅުއްވާފައި ކުރިން އޮތީ 15 މިލިއަން ޑޮލަރެވެ.

ނަމަވެސް ރައީސް މިއަދު ނެރުއްވި ގަރާރުގައިވަނީ އެ އަދަދު 100 މިލިއަން ޑޮލަރަށް ބޮޑު ކުރައްވައިފަ އެވެ.

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކޮށް ރައްކާތެރިކުރުމަށާއި، ގައުމުގެ ސުލްހަމަސަލަސްކަން ދެމެހެއްޓުމަށްޓަކައި މަޝްރޫޢުތަކެއް ވަނީ ކުރިއަށް ގެންދަން ނިންމަވާފައިވާއިރު، އެ މަޝްރޫއުތަކުގެ ތަފްސީލްތަކެއް ސަރުކާރުން މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ. 

ނަމަވެސް ރާއްޖޭގެ އަސްކަރީ ގާބިލްކަން ވަރުގަދަކޮށް، ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ހިމާޔަތްކޮށް، ބެލެހެއްޓެވުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އަދި އެމަސައްކަތުގެ ދަށުން މިހާތަނަށް އައިއިރު ސަރުކާރުން ވަނީ ގިނަ ކާމިޔާބީތަކެއްވެސް ހޯއްދަވާފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު