
ރައީސް އޮފީހުން ބުނި ގޮތުގައި ފުޓުބޯޅައިގެ ކޯޗިން އާއި ތަމްރީނުތައް ރައީސް ވަނީ ބައްލަވާލައްވައިފަ އެވެ.މިއީ އެންމެ ފަހުގެ ވަސީލަތްތަކާ އެކު ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ޓްރެއިނިން ސެންޓަރެކެވެ.އެ ޒިޔާރާތުގައި ރައީސް ވަނީ ރާއްޖޭގެ ފުޓްބޯޅައިގެ ތަރައްގީއަށް ކުރެވިދާނެ ކަންކަމާއި ކުރިއަރަމުން އަންނަ އުއްމީދީ ކުޅުންތެރިންނަށް ފުރުސަތުތައް ފަހިކޮށްދެވޭނެ ގޮތްތައް ވެސް އޮޅުންފިލުއްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.ރައީސް މުއިއްޒު އިނގިރޭސި ވިލާތަށް ކުރައްވާ މި ޒިޔާރަތަކީ، ލިވަޕޫލް އާއި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) / ވިޒިޓް މޯލްޑިވްސްއާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ކުރިއަށްގެންދާ ކޯ-ބްރޭންޑިން ކެމްޕޭން ފެށުމުގެ ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.