ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ހޯރަފުށި ސިއްހީ މަރުކަޒުން ކުއްޖަކަށް ނުބައި ވެކްސިނެއް ދިން މައްސަލައެއް
މަރިޔަމް އަނާ
01 އޭޕްރީލް 2025 - 17:36
0
comments
Tweet
Telegram
ހއ. ހޯރަފުށި ސިއްހީ މަރުކަޒުން ތުއްތު ކުއްޖަކަށް "އޮޅިގެން" ނުބައި ވެކްސިނެއް ދިން މައްސަލައެއް ފެންމަތި ވެއްޖެ އެވެ.
އެ ކުއްޖާގެ ބައްޕަ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ސޯޝަލް މީޑިއާގައި ކުރު ޕޯސްޓެއްގައި ބުނީ އޭނާގެ 9 މަހުގެ ތުއްތު ދަރިފުޅަށް ސިއްހީ މަރުކަޒުން ނުބައި ވެކްސިންނެއް ދީފައިވާކަމަށެވެ. އެގޮތުން 9 މަހުގެ ތުއްތު ކުއްޖާގެ ގަޔަށް ސިއްހީ މަރުކަޒުން ދީފައިވަނީ 18 މަހުގެ ކުއްޖެއްގެ ގަޔަށް ޖަހަންޖެހޭ ވެކްސިންކަމަށް އެ ކުއްޖާގެ ބައްޕަ ވަނީ ބުނެފަ އެވެ.
މީގެކުރިން އެހެން ވެކްސިނެއް ދިން އިރުވެސް އޮޅުވާލާފައިވާކަމަށް ކުއްޖާގެ ބައްޕަ ވަނީ ބުނެފަ އެވެ.
އެ އާއިލާ އިން ބުނީ މި މައްސަލަ ސީރިއަސް މައްސަލަ އެއްގެ ގޮތުގައި ބަލަން ބޭނުންވާ ކަމަށާއި މި މައްސަލަ ގެންދެވުނު ހިސާބަކަށް ގޮސްގެން އިހުމާލުވާ ފަރާތްތައް ޒިންމާދާރުކުރުވަން ބޭނުންވާ ކަމަށެވެ. ސަބަބަކީ ދެން ތަކުރާރު ވުމަށް ނޭދޭތީ ކަމަށް ވެސް އާއިލާ އިން ވަނީ ބުނެފަ އެވެ.
މިކަމާއި ގުޅިގެން ހޯރަފުށީ ސިއްހީ މަރުކަޒުން "ހޯރަ" އަށް ބުނީ ކުޑަކުއްޖަކަށް ވެކްސިން ދިނުމުގައި މިފަހުން "އޮޅުމެއް" އެރިކަމަށާއި މިކަމާއި ގުޅިގެން ގުޅުން ހުރި އިދާރާތަކުގެ ސަމާލުކަމަށް އެކަން ގެނެސްފައިވާނެ ކަމަށެވެ. އަދި އިދާރީ ގޮތުން މިފަދަ ކަމެއް ތަކުރާރު ނުވުމަށް އަޅަން ޖެހޭ ފިޔަވަޅު އަޅަމުން އަންނަ ކަމަށެވެ.
މަރުކަޒުން އިތުރަށް ބުނީ ސިއްހީ މާހިރުންގެ ލަފަޔާއި އިރުޝާދު ހޯދާ ގޯސް ވެކްސިން ދެވުނު ކުއްޖާ އަށް ނުރައްކާ ވާ ފަދަ ކަމެއް މި މައްސަލައިގައި ނެތް ކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
5 ގަޑިއިރު ކުރިން
0
ނަރުހުންގެ ދުވަސް ފާހަގަކުރަން ހޯރަފުށީގައި މިއަދު ހިނގާލުމެއް ބާއްވައިފި
2 މަސް ކުރިން
4
ޗަމްޕާއިން ހޯރަފުށީ މަރުކަޒަށް ހަދިޔާކުރި ފިޒިއޮތެރަޕީ އިކުއިޕްމަންޓްސް ހުރީ ގުދަނެއްގައި، ހިދުމަތެއް ނުލިބޭ!
2 މަސް ކުރިން
4
ޑޮކްޓަރު ލިޔެދޭ ބޭސް ސިޓީގައި ހުންނަ ގިނަ ބޭސްތައް ހޯރަފުށިން ނުލިބޭ ކަމުގެ ޝަކުވާ
1 އަހަރު ކުރިން
1
އަލީ މޫސާ އަށް ވުރެ ރަނގަޅު ކެނޑިޑޭޓެއް ހޯރަފުށި ދާއިރާއިން ނުފެންނާނެ: އަބްދުއްރަހީމް
ކިޔުންތެރިންގެ ޝުއޫރު
67%
17%
17%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައީ ގޯތި އަވަހަށް ހަވާލުކުރަން: މުއްތަލިބު
3 ގަޑިއިރު ކުރިން
0
އެސްޓީއޯގެ ހިއްސާއަަކަށް 80ރ. ބަހަން ފާސްކޮށްފި
3 ގަޑިއިރު ކުރިން
0
އުރީދޫއިން އޭއައިއާ ގުޅޭ މައުލޫމާތު މީޑިއާތަކަށް ދީފި
5 ގަޑިއިރު ކުރިން
0
ނަރުހުންގެ ދުވަސް ފާހަގަކުރަން ހޯރަފުށީގައި މިއަދު ހިނގާލުމެއް ބާއްވައިފި
5 ގަޑިއިރު ކުރިން
0