ޚަބަރު
ހޯރަފުށީ ހެލްތް ސެންޓަރުގެ އެމްބިއުލާންސް ހަލާކުވެފައި އޮންނަތާ ހަތް އަހަރު!؟
ހޯރަފުށީ ހެލްތް ސެންޓަރުގެ އެމްބިއުލާންސް ހަލާކުވެފައި އޮންނަތާ 7 އަހަރު ވެއްޖެ ކަމަށް ބުނެ ޕީއެންސީގެ ސަޕޯޓަރަކު "ބޮޑު ދޮގެއް" ހަދައިފި އެވެ.

އެމްބިއުލަންސްގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ހުރިހާ ރަށަކަށް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ދަށުން 56 ރަށަކަށް އެމްބިއުލަންސް ހަވާލުކުރަން ސަރުކާރުން މިފަހުން ވަނީ ނިންމާފަ އެވެ. އެ ރަށްތަކުގެ ތެރެއިން ސިއްހީ ނިޒާމް މިހާރު ވެސް "ވަރަށް ދަށް" ހއ. ހޯރަފުއްޓަށް ވެސް އެމްބިއުލަންސް އެއް ދިނުމަށް ސަރުކާރުން ވަނީ އެއްބަސް ވެފަ އެވެ. 

ހޯރަފުށީ ސިއްހީ މަރުކަޒަށް އެންބިއުލަންސް ލިބޭތީ އެކަމާއި އުފާކޮށް އެ މަރުކަޒުން ކުރި ޕޯސްޓަކަށް ރައްދުދީ އެ ރަށު ޒުވާނަކު ކުރި ޕޯސްޓެއްގައި ބުނީ އެމްބިއުލާންސެއް ލިބުމަކީ "ބޮޑު ކުރިއެރުމެއް" ކަމަށް ދެކޭ ސިޔާސަތު ބަދަލުކުރަން ވެއްޖެ ކަމަށެވެ. 

"އެމްބިއުލާންސަކީ އަސާސީ ހިދުމަތެކެވެ. އެއީ އިއްޒަތްތެރި ރައީސަށާއި ވަޒީރަށް ޝުކުރު ސަޖިދަ ޖަހަންޖެހޭ ވަރުގެ "ހަދިޔާއެއް" ނޫނެވެ. އެ ޒުވާނާގެ ޕޯސްޓްގައި ލިޔެފައިވެ އެވެ. 

އެ ޒުވާނާގެ ޕޯސްޓަށް ރައްދުދެމުން ޕީއެންސީގެ ސަޕޯޓަރަކު ބުނީ ހޯރަފުށީ ހެލްތް ސެންޓަރުގެ އެމްބިއުލާންސް ހަލާކުވެފައި އޮންނަތާ 7 އަހަރު ފެހުން އާ އެމްބިއުލާންސްއެއް ލިބުމަކީ ރަށަށް ލިބުނު ކުރިއެރުމެއް ކަމަށާއި އެކަމަށްޓަކާ ޝުކުރުކުރާ ކަމަށެވެ. 

ނަަމަވެސް ހޯރަފުށީ ހެލްތް ސެންޓަރުގެ އެމްބިއުލާންސް ހަލާކުވެފައި އޮންނަތާ 7 އަހަރު ވެއްޖެ ކަމަށް ބުނެ ފަތުރާ ހަބަރަކީ ބޮޑު ދޮގެއް ކަމަށް އެރަށު މަރުކަޒުން ވަނީ ޔަގީންކޮށްދީފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު