ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރަން ގޮވާލާ ޕެޓިޝަނެއް
އަލީ ރާޒީ
01 އޭޕްރީލް 2025 - 15:34
0
comments
Tweet
Telegram
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ކުޑަކުރުމަށް ގޮވާލައި، ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.
މި ޕެޓިޝަނުގައި ގޮވާލާފައިވަނީ މެންބަރުންގެ މުސާރަ ކުޑަކޮށް ކޮމިޓީ އެލަވަންސް އުނިކުރުމުގެ އިތުރުން މެންބަރުންނާއި އެ ބޭފުޅުންގެ އާއިލާތަކަށް މިހާރު ދޭ ހާއްސަ ހެލްތު އިންޝުއަރެންސް ކަނޑާލާ، ކުރިން މެންބަރުކަން ކުރި ފަރާތްތަކަށް ދޭ އެލަވަންސް ކަނޑާލުމަށެވެ. ޕެޓިޝަންގައި
އޮންލައިން ކޮށް ސޮއިކުރެވޭނެ އެވެ.
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން، މަޖިލިސް މެންބަރުން ކުރާ މަސައްކަތްތަކާ އެ ބޭފުޅުންނަށް ލިބޭ އާމްދަނީ ނުބައްދަލެވެ. މެންބަރުންގެ އާމްދަނީ އާންމު އެހެން ރައްޔިތުންނަށް އެވްރެޖުކޮށް ލިބޭ އާމްދަނީއާ ނުބައްދަލުކަން ފާހަގަކޮށް ބުނެފައިވަނީ އިގްތިސޯދަށް ދަތި ދުވަސްވަރެއްގައި މިއީ ތަފާތުކުރުން ބޮޑު، ބޭއިންސާފެއް ކަމަށެވެ.
މަޖިލީހުގެ މެންބަރެއްގެ މުސާރަ އާއި އެލަވަންސުގެ ގޮތުގައި މަހަކު 85،000ރ. ލިބެ އެވެ. އެއީ، މެންބަރުން އަމިއްލައަށް ގާނޫނެއްގެ ޒަރިއްޔާއިން ކަނޑައަޅާ މުސާރައެކެވެ. މިދިޔަ 19 ވަނަ މަޖިލީހުގައި މެންބަރުންނާއި ދައުލަތުގެ ވެރިންގެ މުސާރަ ބޮޑުކުރަން ވެސް މަޝްވަރާކުރިއެވެ. އެކަމަކު، ފާޑުކިޔުން ބޮޑުވުމުން އެ މަސައްކަތް ހުއްޓާލީއެވެ.
އޭގެ އިތުރުން ވެސް މެންބަރުންނާއި މެންބަރުންގެ އާއިލާތަކަށް އާސިއާންގެ ގައުމުތަކުން ހިލޭ ބޭސް ކުރެވެއެވެ.
މީގެ ކުރިން ތަފާތު އެކި ފަހަރު މަތިން މެންބަރުންގެ މުސާރަ ކުޑަކުރަން ތަޅުމުގައި ވެސް ބަހުސްކުރިއެވެ. އެކަމަކު، އެ ކަމަށް މެންބަރުންގެ ފަރާތުން ތާއީދެއް ނުލިބެއެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
10 ގަޑިއިރު ކުރިން
0
މުސާރަ ކުޑަކުރުމުން އިންތިހާބަށް ނެގި ދަރަނި ނުދެއްކޭނެ: ފަލާހް
14 ދުވަސް ކުރިން
0
މަޖިލީހުގެ ޖަލްސާތައް ރޯދައިގެ ފަހު 10އަށް މެދުކަނޑާލައިފި
14 ދުވަސް ކުރިން
0
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝަހީދު އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި
15 ދުވަސް ކުރިން
0
ސުޕްރީމް ކޯޓަަށް ޝަހީދު އައްޔަން ކުރުމުގެ މައްސަލަ ދިރާސާކުރަން ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މުދާ އުފުލާ ބޯޓެއްގައި ވަރަށް ބޮޑަށް ރޯވެ އަނދައިފި
1 ގަޑިއިރު ކުރިން
0
ލިވަޕޫލްގައި ތިބި ދިވެހި ދަރިވަރުންނާއި ރައީސް ބައްދަލުކުރައްވައިފި
2 ގަޑިއިރު ކުރިން
0
ސިނގިރޭޓް ޖެނެރޭޝަނަލް ބޭންގައި ރައީސްގެ ހުށަހެޅުއްވުން ހިއްސާކުރައްވައިފި
2 ގަޑިއިރު ކުރިން
0
ލިވަޕޫލްގެ އަކްސާ ޓްރެއިނިން ސެންޓަރަށް ރައީސް ޒިޔާރާތް ކުރައްވައިފި
2 ގަޑިއިރު ކުރިން
0