ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
މަޖިލީހުގެ ޖަލްސާތައް ރޯދައިގެ ފަހު 10އަށް މެދުކަނޑާލައިފި
ހަސަން ހަލީމް
19 މާޗް 2025 - 12:52
0
comments
Tweet
Telegram
ރޯދަމަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ސަރުކާރުން ހަމަޖައްސާފައިވާތީ, އެ ދުވަސްތަކުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ވެސް މެދުކަނޑާލަން ނިންމައިފި އެވެ.
މިއަދުގެ ޖަލްސާ ނިންމާލައްވަމުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާން ކުރެއްވި ގޮތުގައި، މަޖިލީހުގެ ޖަލްސާއެއް ދެން އޮންނަނީ އަންނަ މަހު 7 ވަނަ ދުވަހު އެވެ.
އަންނަ މަހު 7 ވަނަ ދުވަހަކީ ރޯދަ މަސް ނިމި ހަ ރޯދައަށް ފަހު އެވެ.
މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފެށީ މިދިޔަ ފެބްރުއަރީ މަހު ކުރީކޮޅެވެ. މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މި ދައުރު ނިމޭނީ އަންނަ 15 މެއިގަ އެވެ.
މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައި މިވަނީ ރައްޔިތުންގެ ކަންބޮޑުވުން އޮތް ބައެއް ބިލުތަކުގެ މަސައްކަތް ނުނިމި އޮއްވަ އެވެ. އެގޮތުން އިޒްރޭލް ޕާސްޕޯޓު މަނާކުރަން ސަރުކާރުން ނިންމާ އިމިގްރޭޝަން ގާނޫނަށް ހުށަހެޅި އިސްލާހު އަދިވެސް އޮތީ ކޮމިޓީ މަރުހަލާގަ އެވެ.
ފަހު 10އަށް މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލިއިރު، މުޅި ރޯދަ މަހަށް އެއްކޮށް ޖަލްސާތައް ނުބާއްވާ ގޮތަށް ޕީއެންސީގެ ޕީޖީން މީގެ ކުރިން މަސައްކަތް ކުރި އެވެ. އެގޮތަށް ކޮމިޓީން ފާސްކުރި ނަމަވެސް ފަހުން ޕީއެންސީ ޕީޖީގެ ވިސްނުން ބަދަލު ކުރި އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 ދުވަސް ކުރިން
0
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝަހީދު އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި
3 ދުވަސް ކުރިން
0
ސުޕްރީމް ކޯޓަަށް ޝަހީދު އައްޔަން ކުރުމުގެ މައްސަލަ ދިރާސާކުރަން ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފި
4 ދުވަސް ކުރިން
0
ފަނޑިޔާރުން މަދުކުރާ ބިލު ކޮމިޓީއަށް
8 ދުވަސް ކުރިން
0
ސުޕްރީމް ކޯޓުގައި ތަޅު އެޅުވި ކަމަށް ވިދާޅުވެ އިބްރާ ހުށަހެޅުއްވި މައްސަލަ ބަލައިނުގަތް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އިމިގްރޭޝަން ކޮންޓްރޯލަރަކަށް ކުރީގެ ސީޕީ ފަސީހު އައްޔަންކޮށްފި
1 ގަޑިއިރު ކުރިން
0
އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން މަގާމުން ވަކިކޮށްފި
4 ގަޑިއިރު ކުރިން
0
މިދިޔަ އަހަރު ސްޓެލްކޯއިން 137 މިލިއަން ރުފިޔާގެ ފައިދާ ހޯދައިފި
6 ގަޑިއިރު ކުރިން
0
ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް ހުޅުވާލައިފި
6 ގަޑިއިރު ކުރިން
0