ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ސުޕްރީމް ކޯޓުގައި ތަޅު އެޅުވި ކަމަށް ވިދާޅުވެ އިބްރާ ހުށަހެޅުއްވި މައްސަލަ ބަލައިނުގަތް
އަލީ ރާޒީ
13 މާޗް 2025 - 17:12
0
comments
Tweet
Telegram
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑް ކުރުމަކީ އެ ކޯޓުގައި "ތަޅު އެޅުވުން" ކަމަށާއި އެހެންވެ، އެ ކޯޓު ހިންގޭނެ ގޮތެއް ހަދައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހިމް އިސްމާއިލް (އިބުރާ) ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން މިއަދު ނިންމައިފި އެވެ.
އިބްރާ އެ މައްސަލަ ހުށަހެޅުއްވީ، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މިދިޔަ މަހުގެ 26 ވަނަ ދުވަހު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުންދާ މައްސަލައަކާ ގުޅުވައި ކަމަށް ބުނެ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރުމާ ގުޅިގެންނެވެ. އެއީ ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރެވެ.
އޭގެ ތެރެއިން ހުސްނުއްސުއޫދު ވަނީ ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު ކުރައްވައި މަގާމުން އިސްތިއުފާ ދެއްވައިފައެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ކުއްލި ގޮތަކަށް ސަސްޕެންޑު ކުރުމުން އެ ކޯޓު ފުރިހަމައަށް މަސައްކަތް ކުރުމަށް ހުރަސްއެޅިފައިވާ ކަމަށް ބުނެ ހައި ކޯޓަށް ހުށަހެޅި އެ މައްސަލަ ބަލައިނުގަންނަން ނިންމި ސަބަބެއް އެ ކޯޓުން ނުބުނެ އެވެ. ނަމަވެސް އެ މައްސަލަ ބަލައިނުގަތުމަށް ނިންމިކަން އެ ކޯޓުގެ ވެބްސައިޓުގައި ވަނީ އާންމުކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ، ސިޔާސީ ޕާޓީތަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލް ކުރަން ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގަތުމުންނެވެ.
އެ މައްސަލަ ބަލައިގަތުމަށް ކޯޓުން ނިންމުމުން، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކި ކުރަން މަޖުބޫރުވާ ގޮތަށް މަޖިލީހުން ބިލެއް ވެސް ފާސް ކުރި އެވެ. ޖޭއެސްސީއިން ފަނޑިޔާރު ސަސްޕެންޑު ކުރީ އެ ބިލު ފާސް ކުރި ދުވަހެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 ދުވަސް ކުރިން
0
ސުޕްރީމް ކޯޓަށް ކުރިމަތިލެއްވީ ނިހާޔަތު އެކަނި
2 ދުވަސް ކުރިން
0
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރާ ބިލު ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުއްވާލައްވައިފި
3 ދުވަސް ކުރިން
0
ތުހުމަތުތަކަށް ފަނޑިޔާރު އަޒްމިރަލްދާ އިންކާރު ކުރައްވައިފި
4 ދުވަސް ކުރިން
0
މާދަމާ ހެނދުނު 10:00 އަށް ޖޭއެސްސީއަށް ހާޒިރުވާން ފަނޑިޔާރު އަޒްމިރާލްދާއަށް އަންގައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ސްޓެލްކޯ އިން ހައްޖާއި އުމްރާ މުވައްޒަފުން ހޮވައިފި
10 ގަޑިއިރު ކުރިން
0
ފައިނޭންސް އޮތޯރިޓީ ފިނޭންސްގެ ދަށަށް ބަދަލުކޮށްފި
10 ގަޑިއިރު ކުރިން
0
އުރީދޫ ނޭޝަންގެ ރަމަޟާން އީސްޕޯޓްސް ފެސްޓިވަލް ފަށައިފި
10 ގަޑިއިރު ކުރިން
0
އެއްވެ އުޅޭއިރު ހައްގުތަކަށް އަރައިނުގަތުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
11 ގަޑިއިރު ކުރިން
0