ރައީސްގެ ދެކަނބަލުން އީދު ސަލާމް ކުރައްވައިފި
މަރިޔަމް އަނާ
30 މާޗް 2025 - 11:31
0 comments
ރައީސްގެ ދެކަނބަލުން އީދު ސަލާމް ކުރެއްވުން: ފޮޓޯ: ރައީސް އޮފީސް
މި އަހަރުގެ ފިތުރު އީދު ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން މެޑަމް ސާޖިދާ އަހުމަދު އީދު ސަލާމް ކުރައްވައިފި އެވެ.
ޢީދު ސަލާން ކުރެއްވުން ކުރިއަށްގެންގޮސްފައިވަނީ، ހެނދުނު 09:00 ން 11:00 އަށް ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެ، މުލީއާގޭގަ އެވެ.ރައީސްގެ ދެކަނބަލުންނާ އީދު ސަލާމް ކުރެއްވުމަށް ވަރަށް ގިނަ ބަޔަކު ވަނީ ގޮސްފައެވެ.އީދު ދުވަހުގައި ރައީސްގެ ދެކަނބަލުން ރައްޔިތުންނާ ސަލާމް ކުރެއްވުމަކީ ރާއްޖޭގައި ވަރަށް ކުރިއްސުރެ ކުރަމުންދާ ކަމެކެވެ. ރާއްޖޭގައި މިއަދު ފިތުރު އީދު ފާހަގަކުރާއިރު ރައީސް ވަނީ ރައްޔިތުންނަށް އީދުގެ ތަހުނިޔާ ރޭ ފޮނުއްވައިފަ އެވެ.އީދުގެ ތަހުނިޔާ ފޮނުއްވައި ރައީސް ފޮނުއްވި ހިތޯބުގައި ވިދާޅުވީ އީދު ދުވަހުގެ އެންމެ ހާއްސަ އަޒުމަކަށް ވާންވީ އަމިއްލަ ނަފްސު އިސްލާހު ކުރުން ކަމަށެވެ.ސަރުކާރުން މަސައްކަތްކުރާނީ މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ޝިއާރުތައް އުފުލުމުގައި ނަމޫނާ ގައުމަކަށް ރާއްޖެ ހެދުމަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ޝުއޫރު