ދުނިޔެ
ބިންހެލުމުގައި މިޔަންމާއިން މަރުވި މީހުންގެ އަދަދު 2000 އަށް އަރައިފި
ވެއްޓިފައި އޮތް އިމާރާތެއްގެ ދަށުވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ބަޔަކު ކުރަމުން ދަނީ.
މިއަންމާއަށް ހުކުރު ދުވަހު އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 2.000 ފަހަނައަޅައިފި ކަމަށް ބޭރުގެ މީޑިއާތަކުން ބުނެފި އެވެ. މި ހާދިސާގައި ޒަހަމްވި މީހުންގެ އަދަަދު 4،100 އަށް ވުރެ އިތުރު ކަމަށް ހަބަރުތައް ބުނެ އެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނާ ގޮތުގައި ބިން ހެލުން އައީ ބިންގަނޑުގެ 10 ކިލޯމީޓަރު އަޑިއަށެވެ. ބިންހެލުން އައީ މިޔަންމާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ މަންޑަލޭގެ 17 ކިލޯމީޓަރު ބޭރަށެވެ.

މިޔަންމާގެ އަވަށްޓެރި ގައުމުތައް ކަމަށްވާ އިންޑިއާ، ޗައިނާ އަދި ތަައިލޭންޑުން ވަނީ އެހީ އާއި ހާއްސަ ޓީމުތައް ފޮނުވާފަ އެވެ. މެލޭޝިއާ، ސިންގަޕޫރު އަދި ރަޝިއާއިން ވެސް ވަނީ މިޔަންމާއަށް އެހީތެރިވުމަށް ހާއްސަ ޓީމުތަކެއް ފޮނުވާފަ އެވެ.

މިޔަންމާއަކީ އާންމުކޮށް ބިންހެލުން އަންނަ ގައުމަކަށް ނުވާތީ މިކަމުގެ ތަޖުރިބާ ކުޑަވެފައި މިކަމަށް ބޭނުންވާ އާލާތްތައް އެ ގައުމުގައި މަދުކަމަށްވެއެވެ. އަނެއްކޮޅުން ބިންހެލުމުގެ ސަބަބުން މިޔަންމާގެ މަގުތަކާއި ހައިވޭތައް ވަރަށް ބޮޑަށް ހަލާކުވެ ބައެއް ސަރަހައްދުތަކަށް ވަދެވޭނެ މަގުތައް ބަންދުވެފައިވާތީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތަށް ވަރަށް ބޮޑަށް ހުރަސްއެޅިފައެވެ.

މިޔަންމާއަށް ލިބުނު ގެއްލުންތައް އަދި ރަނގަނޅަށް ދެނެގަނެވިފައެއް ވެސް ނުވެއެވެ. ރިޕޯޓްތައް ބުނާގޮތުން ބިންހެލުމުގެ ސަބަބުން މިޔަންމާގައި 10،000 ނޫނީ 20،000 މީހުން މަރުވެފައިވުމަކީ އެކަށީގެންވާ ކަމެކެވެ. އަދިި، ލިބޭ ގެއްލުންތަކުގެ އަގު މިޔަންމާގެ އަހަރީ އުފެއްދުންތެރިކަމަށް ވުރެ އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު