ޚަބަރު
ޒަކާތުގެ ގޮތުގައި މީގެ ކުރިން ނުލިބޭ މިންވަރަށް ފައިސާ ލިބިފައިވާ ކަމަށް މިިނިސްޓްރީން ބުނެފި
ޒަކާތުގެ ގޮތުގައި މީގެ ކުރިން ނުލިބޭ މިންވަރަށް ފައިސާ ލިބިފައިވާ ކަމަށް އިސްލާމިކް މިިނިސްޓްރީން ރޭ ބުނެފި އެވެ.

ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުގައި މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ޖުމުލަ 13،264،819 ރުފިޔާ ވަނީ ލިބިފައެވެ. ނަމަވެސް މިދިޔަ އަހަރު ލިބިފައިވަނީ 12،594،777.92 ރުފިޔާއެވެ. އޭގެ ކުރިން 2023 ވަނަ އަހަރު 12،691،506.08 ރުފިޔާ ލިބުނުއިރު 2022 ވަނަ އަހަރު ޒަކާތިގެ ގޮތުގައި ލިބުނީ 11،669،385.10 ރުފިޔާ ލިބިފައިވެ އެވެ.

ޒަކާތުގެ ގޮތުގައި ގޮވާމުން މި އަހަރު 10،025.66 ކިލޯ ލިބިފަ އެވެ. މިދިޔަ އަހަރު ގޮވާމުން ޒަކާތަށް ލިބުނީ 12،959.29 ކިލޯއެވެ. އޭގެ ކުރިން 2023 ވަނަ އަހަރު 12،380.85 ކިލޯ ލިބުނުއިރު 2022 ވަނަ އަހަރު ލިބުނީ 10،092 ކިލޯއެވެ.

މިއާއެކު މިއަހަރު ވެފައިމިވަނީ ވޭތުވެދިޔަ 4 އަހަރާ އަޅާބަލާއިރުވެސް އެންމެ ގިނައިން ޒަކާތުގެ ގޮތުގައި ފައިސާ ލިބުނު އަހަރެވެ.

މި އަހަރުގެ ފިތުރު ޒަކާތުގެ ފައިސާ ބަހާފައިވަނީ ހުރިހާ ފަގީރުންގެ މެދުގައި އެއް ހަމައަކުންނެވެ. އެއީ މީހަކަށް 4،500ރ.ގެ މަގުންނެވެ.

މީގެ ކުރިން ބަހަނީ އެ ރަށަކަށް ޒަކާތުގެ ގޮތުގައި ލިބޭ ހުރިހާ ފައިސާއެއް، ރަށުގައި ތިބި ފަގީރުންގެ މެދުގަ އެވެ. އެހެންވެ، ފަގީރުން މަދު ރަށްރަށުގައި ޒަކާތުގެ ގޮތުގައި ބޮޑު އަދަދަކުން ލިބެ އެވެ. ބައެއް ރަށްރަށުގައި 8،000-12،000ރ. ލިބޭ ފަހަރު ވެސް ދެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު