ޚަބަރު
ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފިތުރު ޒަކާތް ބަލައިގަންނާނެ
ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އަންނަ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތް ބަލައިގަންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ޒަކާތު ހައުސް އިން ބުނީ ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރޯދަމަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް އެސްއެމްއެސް އަދި އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކޭނެ ކަމަށެވެ.

ފިތުރު ޒަކާތް ދެއްކޭނެ ގޮތްތައް:

1. ދިރާގު: ދިރާގު އެޕް އަދި ދިރާގު ޕޭ (ވެބްސައިޓު އަދި އެސްއެމްއެސް މެދުވެރިކޮށް)

2. އުރީދޫ: އެމް ފައިސާ (އެޕްލިކޭޝަން އަދި އެސްއެމްއެސް)

3. އެމްއައިބީ: ފައިސާ މޯބައިލް އެކްސް (އެޕްލިކޭޝަން އަދި ފައިސާ ނެޓް)

4. ބީއެމްއެލް: ބީއެމްއެލް މޯބައިލް (އެޕްލިކޭޝަން އަދި ވެބްސައިޓް)

5. ފަހިޕޭ: ފަހިޕޭ (އެޕްލިކޭޝަން އަދި ވެބްސައިޓް)

6. ފިނޭންސް މިނިސްޓްރީ: ބަނޑޭރިޕޭ/ ވެބްސައިޓް/ ޕޯޓަލް

ކައުންޓަރުތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ރޯދަ މަހުގެ ފުރަތަމަ 20 ދުވަހު (2 މާޗް އިން 20 މާޗް) ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރުފަހު 1:00 އަށެވެ. އަދި ފަހު 10 ގައި (23 މާޗް އިން 30 މާޗްއަށް) ހުކުރާއި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ 11:00 އިން މެންދުރުފަހު 2:00 އަށެވެ.

ޒަކާތު ހައުސިން އިން ބުނީ މާލެސިޓީ ފިޔަވައި ރަށްރަށުގައި ނަގުދު ފައިސާއިން ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ އެރަށެއްގެ ރަށު އަދި ސިޓީ ކައުންސިލުން ކަމަށެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދު

  • އާދައިގެ ހަނޑޫ: 12 ރުފިޔާ
  • ތައިލެންޑް ހުދު ހަނޑޫ: 62 ރުފިޔާ
  • ރަތް ހަނޑޫ: 86 ރުފިޔާ
  • ބާސްމަތީ ހަނޑޫ (އާދައިގެ): 74 ރުފިޔާ
  • ބާސްމަތީ ހަނޑޫ (މޮޅު) : 100 ރުފިޔާ
  • ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 133 ރުފިޔާ
  • އާދައިގެ ފުށް: 10 ރުފިޔާ
  • އާޓާ ފުށް: 75 ރުފިޔާ
ކަލަންޑަރުގައިވާ ގޮތުން ރޯދަމަހުގެ ފުރަތަމަ ދުވަހަކީ މާޗް 1 ވަނަ ދުވަހެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު