ވިޔަފާރި
އެސްޓީއޯގެ ބޯޑު ޑިރެކްޓަރު ކަމަށް ކުރިމަތި ލުމަށް ހުޅުވާލައިފި
ކުރިއަށް އޮތް އެއް އަހަރަށް އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލު ކުރާނެ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.

އެސްޓީއޯ ހިންގާ ގަވައިދު ގައި ބަޔާންކޮށްފައިވާ ގޮތުން އަދި ކުންފުނީގެ ހިއްސާ ބެހިފައިވާ ނިސްބަތަށް ބަލާ އިރު، ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރަކު އަދި ސަރުކާރު ނުވަތަ މައި ހިއްސާދާރުންގެ ފަރާތުން ހަ ޑިރެކްޓަރުން އިންތިހާބްކުރެވެ އެވެ.

އެ މަގާމަށް ކުރިމަތިލެވޭނީ އެސްޓީއޯގެ ހިއްސާ އޮންނަ، އުމުރުން 30 އަހަރު ވެފައިވާ ދިވެއްސަކަށެވެ.

ވިޔަފާރި އާއި ހިންގުމުގެ ދާއިރާ އިން އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ހިއްސާދާރުން އެ މަގާމަށް ކުރިމަތިލުމަށް އެ ކުންފުނިން އެދެ އެވެ. އަދި ކުރިއެކޢ އެެއްގޮތަށް މި ފަހަރު ވެސް ވީހާ ވެސް ގިނަ އަންހެންނުން ބޯޑުގެ މެމްބަރުކަމަށް ޝައުގުވެރިކަން ފާޅުކޮށް، އިންތިހާބުގައި ވާދަކުރުމަށް ވެސް އެސްޓީއޯ އިން އެދިފައިވެ އެވެ.

ޑިރެކްޓަރަކަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ 21 މާރިޗް 14:00 ގެ ކުރިންނެވެ. ފޯމު ހުށަހަޅަން ޖެހޭނީ އެސްޓީއޯގެ ސެކްރެޓޭރިއޭޓަށް އެޑްރެސްކޮށް cs@sto.mv އީމެއިލް ނުވަތަ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.

ބޯޑު މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނާ އެސްޓީއޯގެ "ބޯޑު ކެންޑިޑެންސީ ގައިޑްލައިން" ގެ ދަށުން އެ ކުންފުނީގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓިން އިންޓަވިއު ކުރާނެ އެވެ. އަހަރީ އާއްމު ޖަލްސާ އަށް ހުށަހަޅާނީ މި އިންޓަވިއު އިން ހޮވާ ހިއްސާދާރުންގެ ނަންތަކެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު