ޚަބަރު
މަސްދަޅު ދޫކުރަން އޮންލައިންކޮށް ނަންބަރު ނެގޭ ޕޯޓަލްއެއް ތައާރަފްކޮށްފި
ރޯދަ ހަދިޔާގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ރައްޔިތުންނަށް ދޭ މަސްދަޅު ކޭސް މާލޭ ސަރަހައްދުން ދޫކުރަން އޮންލައިންކޮށް ނަންބަރު ނެގޭ ޕޯޓަލްއެއް ތައާރަފްކޮށްފި އެވެ.

މަސްދަޅު ކޭސް ދޫކުރަނީ އައިޑީކާޑާއި އެއް މަހުގެ ކަރަންޓު ބިލު ގެންދިޔުމުން ކަމަށްވާއިރު، އެންމެ މީހަކަށް ގިނަވެގެން ދޫކުރަނީ ތިން މީޓަރަށް ތިން މަސް ދަޅު ކޭހެވެ.

އޭގެއިތުރުން، ޖުމުލަ 13 މަރުކަޒަކުން މަސްދަޅު ކޭސް ދޫކުރާއިރު، އެކި ތަންތަނުން ޓޯކަން ނަންބަރު ދޫކުރަނީ އެކި ވަރަށެވެ.

މިއަދުން ފެށިގެން މާލެ ސަރަހައްދުގެ ޖުމުލަ 13 ތަނަކުން މަސްދަޅުކޭސް ދޫކުރުމުގެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފަ އެވެ. 


މަސްދަޅުކޭސް ދޫކުރާނެ މަރުކަޒުތަކަކީ:


  • މިފްކޯ ކޮމްޕްލެކްސް (މާފަންނު) : 200 ޓޯކަން

  • އެމްޓީސީސީ ސޯމިލް : 200 ޓޯކަން

  • ހެންވޭރު ދަނޑު : 100 ޓޯކަން

  • ގަލޮޅު ދަނޑު ސެޓަޕް 1 : 50 ޓޯކަން

  • ގަލޮޅު ދަނޑު ސެޓަޕް 2 : 50 ޓޯކަން

  • ގަލޮޅު ދަނޑު ސެޓަޕް 3 : 50 ޓޯކަން

  • ގަލޮޅު ދަނޑު ސެޓަޕް 4: 50 ޓޯކަން

  • ސޯޝަލް ސެންޓަރު : 100 ޓޯކަން

  • ވިލާމާލެ ވެމްކޯ ސައިޓް: 100 ޓޯކަން

  • ހުޅުމާލެ އުމަރު ޒާހިރު ބިލްޑިން: 100 ޓޯކަން

  • ހުޅުމާލެ ޕޮލްކޯ ޓަވަރު (ސީ ބްލޮކް): 100 ޓޯކަން

  • ހުޅުމާލެ ހިޔާ ޓަވަރު 10 :100 ޓޯކަން

  • ހުޅުމާލެ ކާމިލްދީދީ ޕްރީސްކޫލް: 100 ޓޯކަން
އޮންލައިންކޮށް ނަންބަރު ނުނެގޭ ފަރާތްތަކުން މަސްދަޅު ދޫކުރާ މަރުކަޒަކަށް ދިޔުމުން، ނަންބަރު ނެގުމަށް އެހީތެރިވެދޭނެ އެވެ. އަދި ކޮންމެ ނަންބަރަކަށް ދޫކުރާނީ ގިނަވެގެން 3 ކޭސް މަހެވެ.

މާލޭގެ ހުރިހާ ގޭބިސީއަކަށް މަސްދަޅު ލިބެންދެން މަސްދަޅު ބެހުން ކުރިއަށް ދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ދިވެހި ކޮންމެ ރައްޔިތަކަށް ރޯދަ ހަދިޔާއެއްގެ ގޮތުގައި މަސްދަޅުކޭސް ދެއްވާނެކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއުލާންކުރެއްވީ ސަރުކާރަށް އަހަރެއް ފުރުން ފާހަގަކުރުމަށް މިދިޔަ އަހަރުގެ ނޮވެންބަރު މަހު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު