ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
9000އަށް ވުރެ ގިނަ މަސްދަޅު ކޭސް މާލޭ ސަރަހައްދަށް ބަހައިފި
އަހުމަދު ނިހާން
21 ފެބުރުއަރީ 2025 - 21:06
0
comments
Tweet
Telegram
ރަމަޟާން މަހާ ދިމާކޮށް މާލެ ސަރަހައްދަށް މިހާތަނަށް 9،394 މަސްދަޅު ކޭސް ބަހާފައިވާ ކަމަށް ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވަނީ މިހާތަނަށް މާލޭގައި ބެހުނު މަސްދަޅު ކޭހުގެ އަދަދުތައް ހާމަކުރައްވައިފައެވެ. އެ ގޮތުން:
ވިލިމާލޭގައި 582 މަސްދަޅު ކޭސް ބެހި
އެމްޓީސީސީ ސޯމިލުގައި 2،083 މަސްދަޅު ކޭސް ބެހި
މިފްކޯގައި 3،666 މަސްދަޅު ކޭސް ބެހި
ހިޔާ ފްލެޓު 10ގައި 1،555 މަސްދަޅު ކޭސް ބެހި
އުމަރު ޒާހިރު ބިލްޑިންގައި 1،508 މަސްދަޅު ކޭސް ބެހި
މިނިސްޓަރު ވިދާޅުވީ މާދަމާ ރެއިން ފެށިގެން މާލޭގައި ގަލޮޅު ދަނޑުގެ ހަތަރު ފަރާތު ސިޑިބަރި ކައިރިންނާއި ސޯޝަލް ސެންޓަރާއި ހެންވޭރު ދަނޑާއި ހުޅުމާލޭ ފޭސް 1 އަދި 2 ގެ އިތުރު ދެ ތަނަކުން މަސް ކޭސް ދޫކުރާނެ ކަމަށެވެ. މިއާ އެކު މަސް ދަޅު ކޭސް ދޫކުރާ ތަންތަނުގެ އަދަދު 13 އަށް އަރަ އެވެ. މިއިން ކޮންމެ ތަނެއްގައި ފަސް މޭޒު ބަހައްޓައިގެން މަސް ދަޅު ކޭސް ދޫކުރަން ހަމަޖެހިފައިވެ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ހޫނު ގަދަކަމަށް ފެންނާތީ ދުވާލު ރޯދަ ހަދިޔާ ދޫކުރުމެއް ނޯންނާނެ އެވެ.
ދިވެހި ކޮންމެ ރައްޔިތަކަށް ރޯދަ ހަދިޔާއެއްގެ ގޮތުގައި މަސްދަޅުކޭސް ދެއްވުމަށް ރައީސް ނިންމެވީ ސަރުކާރަށް އަހަރެއް ފުރުން ފާހަގަކުރުމަށް މިދިޔަ އަހަރުގެ ނޮވެންބަރުމަހު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މިދިޔަ ރަމަޟާންމަހު ސަރުކާރުން ވަނީ ކަރަންޓާއި ފެން ބިލުތަކުން ރައްޔިތުންނަށް ޑިސްކައުންޓެއް ދީފައެވެ. އަދި 82،000 ގޭބިސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ވެސް ސަރުކާރުން މިދިޔަ ރޯދަމަހާ ދިމާކޮށް ވަނީ ހިލޭ ފޯރުކޮށްދީފައެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
1 ގަޑިއިރު ކުރިން
0
އޮންލައިން ޓޯކަން އަށް މަސްދަޅު ކޭސް ނެގޭގޮތް ހަދަނީ
2 ދުވަސް ކުރިން
0
މަސްދަޅު ބަހާ ތަންތަނަށް ބަދަލު ގެނެސް، ބެހުމުގެ މަސައްކަތް ރޭގަނޑަށް ބަދަލުކޮށްފި
3 ދުވަސް ކުރިން
0
އެސްޓީއޯއިން ރޯދަމަހަށް ބިހާއި ފިޔައާއި އަލުވި އަދި ލުނބޯ ބާޒާރަށް ނެރެފި
3 ދުވަސް ކުރިން
0
ރޯދަމަހު މުދާ އުފުލޭ ވަގުތުތައް ކަނޑައަޅައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އޮންލައިން ޓޯކަން އަށް މަސްދަޅު ކޭސް ނެގޭގޮތް ހަދަނީ
1 ގަޑިއިރު ކުރިން
0
އެންމެ ފަހުގެ ސެމްސަންގް ގެލެކްސީ އެސް25ގެ މޮޑެލްތައް ދިރާގުން ރާއްޖޭގައި ލޯންޗުކޮށްފި
17 ގަޑިއިރު ކުރިން
0
ގަމުގެ އިހުތިސޯސްގައި ބޮޑުފިނޮޅު ހިމަނައިފި
17 ގަޑިއިރު ކުރިން
0
އުރީދޫގެ އަހަރީ އާންމު ޖަލްސާ އަންނަމަހު 9ގައި
17 ގަޑިއިރު ކުރިން
0