ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
އެންމެ ފަހުގެ ސެމްސަންގް ގެލެކްސީ އެސް25ގެ މޮޑެލްތައް ދިރާގުން ރާއްޖޭގައި ލޯންޗުކޮށްފި
ހަސަން ހަލީމް
21 ފެބުރުއަރީ 2025 - 21:20
0
comments
Tweet
Telegram
ދިރާގުން ސެމްސަންގް ގެލެކްސީ S25 ، S25 ޕްލަސް އަދި S25 އަލްޓްރާ ފޯނުތައް ރާއްޖެއަށް ތައާރަފްކޮށްފި އެވެ.
މި ފޯނުތައް ރާއްޖޭގައި ލޯންޗުކޮށްދެއްވީ ސެމްސަންގް ސްރީލަންކާ އަދި ދިވެހިރާއްޖޭގެ މެނޭޖިން ޑިރެކްޓަރު، ސެންގްވާ ސޯންގް އަދި ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަނެވެ.
ދިރާގު ހެޑް އޮފީހުގައި ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި، އެ ފޯނުތައް ޕްރީ-އޯޑާ ކުރި ކަސްޓަމަރުންނަށް ވަނީ ފޯނުތައް ހަވާލުކޮށްފަ އެވެ.
ގެލެކްސީ S25 ސީރީޒްއާ އެކު ސެމްސަންގުން ވަނީ އާ ފީޗާތަކެއް ތައާރަފްކޮށްފަ އެވެ. އޭގެ ތެރޭގައި، އޭއައި އެކުލެވޭ 'ލައިވް ޓްރާންސްލޭޓް'، 'ނޯޓް އެސިސްޓް' އަދި 'ޖެނެރޭޓިވް އެޑިޓް' ފާހަގަކޮށްލެވެ އެވެ. އެ ފޯންތަކުގައި ހިމެނޭ އިތުރު ފީޗާތަކަށް ބަލާއިރު، ފޯނުގައި ހިމެނޭ 200 މެގަޕިކްސެލްގެ ކެމެރާގެ ސަބަބުން ފޮޓޯ ކޮލިޓީ އިތުރަށް ރަނގަޅުވެ އެވެ. ފޯނުގައި ހިމެނޭ 5،000 އެމް.އޭ.އެޗްގެ ބެޓެރީ ސަބަބުން ގިނަ ވަގުތު ޗާޖު ހިފަހައްޓައި، ޗާޖު ކުރަން ނަގާ ވަގުތު މަދުވާނެ އެވެ.
އެ ސީރީޒް ފޯނުތަކަކީ ގޭމްކުޅުން ފަދަ ހައި ސްޕީޑް ބޭނުންވާ ކަންކަމަށް އިތުރު ފަސޭހަތައް ހޯދައިދިނުމަށް 'ސްނެޕްޑްރެގަން 8 އެލީޓް ޗިޕް' ހިމަނައިފައިވާ ފޯނުތަކެކެވެ.
އެ އިވެންޓްގައި ވާހަކަދައްކަވަމުން ދިރާގުގެ މިރުޝާން ވިދާޅުވި ގޮތުގައި، މިއީ އޭއައި ޓެކްނޮލޮޖީ މުޅި ދުނިޔެއަށް ފުޅާވަމުން އަންނަ ޒަމާނަކަށް ވާއިރު، އެންމެ ފަހުގެ އޭއައި ޓޫލްސް ހިމެނޭ ގެލެކްސީ S25 ސީރީޒް ފަދަ ވަރުގަދަ ޑިވައިސްތަކަށް އެއާ އެކަށީގެންވާ ވަރުގަދަ ނެޓްވޯކެއް ވެސް ބޭނުންވެ އެވެ.
އޭނާ ވިދާޅުވީ އެ ފޯނުތަކަށް އެންމެ އެކަށީގެން ވަނީ ރާއްޖޭގެ އެންމެ ހަލުއި މޮބައިލް ނެޓްވޯކް ކަމުގައިވާ ދިރާގުގެ ނެޓްވޯކު ކަމަށެވެ.
ދިރާގުން ދަނީ ރާއްޖޭގެ އާބާދީގެ %60 އަށް 5G ނެޓްވޯކް ފޯރުކޮށްދެމުންނެވެ.
މިރުޝާން ވިދާޅުވި ގޮތުގައި ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް މިއަށްވުރެ ވެސް ރަނގަޅުކޮށް، ޑިޖިޓަލް ދުނިޔޭގައި ކުރިއަށް ދިއުމަށް ކަސްޓަމަރުން ބާރުވެރި ކުރުމަށް ނެޓްވޯކް އިންފްރާސްޓްރަކްޗާ އިތުރަށް ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.
ސެމްސަންގް ސްރީ ލަންކާ އަދި ދިވެހިރާއްޖޭގެ މެނޭޖިން ޑިރެކްޓަރު، ސެންގްވާ ސޯންގް ވިދާޅުވީ ރާއްޖޭގައި ސެމްސަންގް ފޯން ބޭނުންކުރާ މީހުން ދުވަހުން ދުވަހަށް އިތުރުވަމުން ދާއިރު، މި ސަރަހައްދުގެ ކަސްޓަމަރުންނަށް ސެމްސަންގުގެ އެންމެ ފަހުގެ ވަސީލަތްތަކާ އެކު އެންމެ ފަހުގެ ޓެކްނޮލޮޖީ ފޯރުކޮށްދިނުމަށް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
4 ދުވަސް ކުރިން
0
ދިރާގުން މަމްސް އެއިޑާ ގުޅިގެން 100 އާއިލާއަކަށް އެހީ ދެނީ
9 ދުވަސް ކުރިން
0
ދިރާގުގެ ވިން އަ ސްޕީޑްބޯޓްގެ ނަސީބުވެރިޔާއަށް ބޯޓު ހަވާލުކޮށްފި
16 ދުވަސް ކުރިން
0
އެކްރޮސް މޯލްޑިވްސް ޑައިވް ހަރަކާތުގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގު
17 ދުވަސް ކުރިން
0
ދިރާގު މޯލްޑިވްސް ރޯޑް ރޭސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އޮންލައިން ޓޯކަން އަށް މަސްދަޅު ކޭސް ނެގޭގޮތް ހަދަނީ
1 ގަޑިއިރު ކުރިން
0
އެންމެ ފަހުގެ ސެމްސަންގް ގެލެކްސީ އެސް25ގެ މޮޑެލްތައް ދިރާގުން ރާއްޖޭގައި ލޯންޗުކޮށްފި
17 ގަޑިއިރު ކުރިން
0
ގަމުގެ އިހުތިސޯސްގައި ބޮޑުފިނޮޅު ހިމަނައިފި
17 ގަޑިއިރު ކުރިން
0
އުރީދޫގެ އަހަރީ އާންމު ޖަލްސާ އަންނަމަހު 9ގައި
17 ގަޑިއިރު ކުރިން
0