ޚަބަރު
ދިރާގު މޯލްޑިވްސް ރޯޑް ރޭސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުން، ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރުއާރު)ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދިރާގު ފުވައްމުލައް ރަންއާ ގުޅޭ މައުލޫމާތުތައް ހިއްސާކުރަން ދިރާގު ހެޑް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ޑިރެކްޓަރު، ބްރޭންޑް މާކެޓިން އެންޑް ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ ދުވުމަށް ހާއްސަކޮށްފައިވާ ލިންކުން ރަޖިސްޓްރީކުރުމުގެ ފުރުސަތު މިއަދު ހުޅުވާލާނެ ކަމަށެވެ. އަދި މި ދުވުމަކީ ވެސް ދިރާގު ރޯޑް ރޭހެކޭ އެއްގޮތަށް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ، ސެޓިފައިޑް ރޫޓެއްގެ ދުވުމެއް ކަމަށް ވިދާޅުވި އެވެ.

ދުވުން ބާއްވަން ނިންމާފައި ވަނީ މެއި މަހުގެ ދެ ވަނަ ދުވަހެވެ.

ދިރާގުން ބުނީ ފުވައްމުލަކުގެ ދުވުން ވެސް ކުރިއަށްގެންދާނީ އެހެން ދުވުންތަކާ އެއްގޮތަށް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ކަމަށެވެ. އެގޮތުން މިހާރު ހުޅުމާލޭގައި އޮންނަނީ ބައިނަލްއަގުވާމީ ގޮތުން ސެޓިފައި ކޮށްފައިވާ ރޫޓެއްކަމަށާއި އެފަދަ ދެވަނަ ރޫޓަކަށް ވާނީ ފުވައްމުލަކު ސިޓީގައި އޮންނަ ރޫޓްކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގުން ބުނީ މި ރޭހުގެ ތައްޔާރީތައް މިދިޔަ އަހަރުގެ ކުރީކޮޅުން ފަށައިފައިވާ ކަމަށެވެ. އަދި މި ރޭހުގެ މަގުސަދަކީ، އަތޮޅުތެރޭގައި ފުރަތަމަ ފަހަރަށް ބާއްވާއިރު ބައިވެރިންނަށް ރަނގަޅު ތަޖުރިބާއެއް ދިނުންކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެއިތުރުން ފުވައްމުލަކަކީ ދުވުންތެރިންނަށް ވަރަށް ހިތްގައިމު މަންޒިލަކަށް ވާނެ ކަމަށާއި މި ދުވުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން ބައިވެރިން ދާނެ ކަމުގެ އުއްމީދު އޮތް ކަމަށް ވެސް ވަނީ ދިރާގުން ވަނީ ފާހަގަކޮށްފައެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭސްއިން ދޭން ހަމަޖެހިފައިވާ އިނާމުތައް:

ހާފް މެރަތަން (18 އަހަރުން މަތި)

  • އެއްވަނައަށް - 25،000 ރުފިޔާ
  • ދެވަނައަށް - 15،000ރުފިޔާ
  • ތިންވަނައަށް- 10،000ރުފިޔާ
10 ކިލޯމީޓަރުގެ ދުވުން (16 އަހަރުން މަތި)

  • އެއްވަނައަށް 10،000 ރުފިޔާ
  • ދެވަނައަށް - 8،000 ރުފިޔާ
  • ތިންވަނައަށް- 6،000 ރުފިޔާ
ފަސް ކިލޯމީޓަރުގެ ދުވުން

  • އެއްވަނައަށް - 10،000 ރުފިޔާ
  • ދެވަނައަށް - 8،000 ރުފިޔާ
  • ތިންވަނައަށް - 6،000 ރުފިޔާ
ފަސް ކިލޯމީޓަރު (13 އަހަރުން ދަށް)

  • އެއްވަނައަށް 5،000 ރުފިޔާ
  • ދެވަނައަށް -3،000ރުފިޔާ
  • ތިންވަނައަށް 1،000ރުފިޔާ
ފަސް ކިލޯމީޓަރު (13 އަހަރުން މަތި)

  • އެއްވަނައަށް 5،000 ރުފިޔާ
  • ދެވަނައަށް -3،000ރުފިޔާ
  • ތިންވަނައަށް 1000ރުފިޔާ

ދިރާގު މޯލްޑިވްސް ރޯޑް ރޭސް

'ދިރާގު މޯލްޑިވްސް ރޯޑް ރޭސް'އަކީ ވޯލްޑް އެތުލެޓިކްސް ސާޓިފައިޑް ރޭސް ރޫޓަކާ އެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް)ގެ ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ.

މި ދުވުން މާލޭގެ އިތުރުން ފުވައްމުލަކުގައި ބާއްވައި، ޑީއެމްއާރުއާރު ފުޅާކުރުމަކީ، ދިރާގުން ބުނާ ގޮތުގައި ދުޅަހެޔޮ، ހީވާގި މުޖުތަމައެއް ބިނާކުރުމަށާއި ރާއްޖޭގެ ރީތިކަމަށް ދުނިޔޭގެ ސަމާލުކަން ހޯދައި، ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް އެ ކުންފުނިން އިސްނަގައިގެން ކުރާ ބުރަ މަސައްކަތް ދައްކުވައިދޭ ކަމެކެވެ.

ދިރާގުން ފުވައްމުލަކުގައި ދުވުން ބޭއްވި ނަމަވެސް ހުޅުމާލޭގައި ބާއްވަން ހަމަޖެހިފައިވާ ދުވުން މިއަހަރު ވެސް އޮންނާނެ އެވެ. އެ ދުވުން އޮންނާނީ އޮކްޓޯބަރު 24 ގަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު