ވިޔަފާރި
ދިރާގުން ދޭ ސްޕީޑްބޯޓުގެ ނަސީބުވެރިޔާ ބުރާސްފަތި ދުވަހު ހޮވަނީ
ދިރާގު ވިސް އަ ސްޕީޑް ބޯޓު ޕްރޮމޯޝަނުގެ އިނާމުގެ ގޮތުގައި ދޭ ލޯންޗު - ފޮޓޯ/ދިރާގު
ނަސީބުުވެރި ކަސްޓަމަރަކަށް ޒަމާނީ ސްޕީޑުބޯޓެއް ލިބޭ ގޮތަށް ދިރާގުން ކުރިއަށް ގެންދިޔަ ޕްރޮމޯޝަނުގެ ނަސީބުވެރިޔާ ހޮވުން ބުރާސްފަތި ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.

އެ ކުންފުނިން ބުނީ ސްޕީޑް ބޯޓު ލިބޭ ނަސީބުވެރިޔާ ހޮވުމަށް ހާއްސަކޮށް ބާއްވާ ހަރަކާތް އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭ 8 ޖަހާއިރު ހުޅުމާލެ، ސެންޓްރަލް ޕާކުގައި ކަމަށެވެ.

"ވިން އަ ސްޕީޑްބޯޓް" ޕްރޮމޯޝަނަކީ ދިރާގުގެ އަހަރީ ދުވަހާ ގުޅުވައި އެ ކުންފުނިން މިދިޔަ ސެޕްޓެމްބަރު މަހުން ޑިސެމްބަރު މަހަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެކެވެ. އެ ޕްރޮމޯޝަނުގައި ދިރާގުން ދޭން ނިންމީ އަލްޝާލީ މެރިންގެ "މަޖެލަން 32" ލޯންޗެވެ. އެ ލޯންޗަކީ 12 މީހުންގެ ޖާގައިގެ 32 ފޫޓުގެ ލޯންޗެކެވެ. މި ލޯންޗުގައި ޔަމަހާގެ 175 ހޯސްޕަވަރުގެ ދެ އިންޖީނު ހުންނާނެ އެވެ. މިއީ އަރާމު ޑެކަކާއި ހިތްފަސޭހަ ކެބިންއަކާއި ބަދިގެއެއް ވެސް ހިމެނޭ ލޯންޗެކެވެ.

މީގެ އިތުރުން، ގުރު ނެގުމަށް ބާއްވާ ފޯރިގަދަ އިވެންޓުގައި އެކި ދިވެހި މިއުޒީޝަނުންގެ ލައިވް ހުށަހެޅުންތައް ފެނިގެންދިޔުމުގެ އިތުރުން ގިނަ ރަހަތަށް ހިމެނޭ ފުޑް ސްޓޯލްތައް ވެސް ހުންނާނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ދަނީ ކޮންމެ އަހަރަކު ވެސް އެ ކުންފުނީގެ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަންތައް ކުރިއަށް ގެންގޮސް، ދިރާގުގެ ކަސްޓަމަރުން ޑިޖިޓަލް ރާއްޖޭގައި ކުރިއެރުމަށް އެހީތެރިވަމުންނެވެ. މިގޮތުން މިދިޔަ އަހަރު އެ ކުންފުނިން ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެއްގައި ނަސީބުވެރިޔަކަށް ޓެސްލާ ކާރެއް ދިނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު