ވިޔަފާރި
ދިރާގު ފިންޓެކާއި ސީބީއެމް، އެޗްބީއެލް ވެސް ފަވަރައިން ހިދުމަތް ދެނީ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޤާއިމްކޮށްފައިވާ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް – ފަވަރަ އިން ޚިދުމަތް ދިނުމަށް އިތުރު ތިން ފަރާތަކުން މިއަދު ބައިވެރިވެއްޖެ އެވެ.

ފަވަރަ މެދުވެރިކޮށް ހިދުމަތްތައް ދިނުމަށް އެ ސިސްޓަމާ ގުޅުނީ ހަބީބް ބޭންކް ލިމިޓެޑް (އެޗްބީއެލް)، ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ސީބީއެމް) އަދި ދިރާގު ފިންޓެކް ޕްރައިވެޓް ލިމިޓެޑް (ދިރާގު ފިންޓެކް) އެވެ.

ދިރާގު ފިންޓެކް އަކީ ފަވަރައަށް ޕޭމަންޓުގެ ހިދުމަތްދޭ ބޭންކެއް ނޫން ކުންފުންޏެއްގެ ގޮތުގައި ބައިވެރިވާ ފުރަތަމަ ފަރާތެވެ.

ސިސްޓަމްގައި އަލަށް ބައިވެރިވެ ފަވަރަގެ ޚިދުމަތް ދޭންފަށާފައިވާ ފަރާތްތަކަކީ ހަބީބް ބޭންކް ލިމިޓެޑް (އެޗްބީއެލް) ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ސީބީއެމް) ގެ އިތުރުން ދިރާގު ފިންޓެކް ޕްރައިވެޓް ލިމިޓެޑް (ދިރާގު ފިންޓެކް) އެވެ.

މީގެ ތެރެއިން ދިރާގު ފިންޓެކް އަކީ ބޭންކު ނޫން ޕޭމަންޓް ޚިދުމަތްދޭ ފަރާތްތަކުގެ ތެރެއިން ފަވަރަ އާއި ގުޅޭ ފުރަތަމަ ފަރާތެވެ. މި ތިން ފަރާތުން ވެސް ވަނީ ފަވަރަ އާއި ގުޅުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ފުރިހަމަކޮށް ޕައިލަޓް ޓެސްޓިންގްގެ މަރުހަލާވެސް ފުރިހަމަ ކޮށްފަ އެވެ.

ސިސްޓަމާއި ގުޅުމާއިއެކު މި ތިން ފަރާތުގެ ޚިދުމަތްތައް ބޭނުންކުރައްވާ ހުރިހާ ކަސްޓަމަރުންނަށްވެސް ފަވަރަ ޓްރާންސްފާ ފަވަރަ ރިކުއެސްޓް ފަވަރަ އައިޑީ އަދި ފަވަރަ ރީކޯލް ހިމެނޭހެން، ފަވަރަގެ އެންމެހާ ހިދުމަތްތައް މިއަދުން ފެށިގެން ލިބިގެންދާނެ އެވެ.

ފަވަރަ އަކީ ކޮންމެ ބޭންކެއްގެ ނުވަތަ ޕޭމަންޓު ހިދުމަތްތައް ދޭ ފަރާތެއްގެ އެކައުންޓު ނުވަތަ ވޮލެޓު އޮތްނަމަ ކޮންމެ ތަނެއްގައި ހުރެގެން ވެސް ވަގުތުން ވަގުތައް ފައިސާގެ މުއާމަލާތްތައް ހިންގޭނެ ސިސްޓަމެކެވެ. އެ ސިސްޓަމް އެމްއެމްއޭއިން ތައާރަފް ކުރީ 2023 ވަނަ އަހަރުގެ އޮގަސްޓު މަހު އެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު