ވިޔަފާރި
އުރީދޫގެ އަހަރީ އާންމު ޖަލްސާ އަންނަމަހު 9ގައި
އުރީދޫ މޯލްޑިވްސްގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ ކުރިއަށް އޮތް މާޗް 9 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފި އެވެ.

މި އަހަރުގެ އަހަރީ އާންމު ޖަލަސާގައި ބައިވެރިވާންބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް ނުވަތަ އުރީދޫ މޯލްޑިވްސް ހެޑް ކުއާޓަރސްއަށް ހާޒިރުވެގެންވެސް ބައިވެރިވެވޭނެކަމަށް އުރީދޫން ވިބުންޏެވެ.

ހެޑް އޮފީހަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ 50 ހިއްސާދާރުންނަށް ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

އޮންލައިންކޮށް ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް 'ފަހިވޯޓު' މެދުވެރިކޮށް ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ހަމަޖައްސައިދެވޭނެ ކަމަށާއި އެ މައުލޫމާތު އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ހަވީރު 6:00ގެ ކުރީން އަންގާނެ ކަމަށް ވެސް އެ ކުންފުނީންް ވަނީ ބުނެފައެވެ.

އުރީދޫއިން ބުނީ ހާޒިރުވެ ޖަލްސާގައި ބައިވެރިވާ ފަރާތްތަކަށް ރަޖިސްޓަރު ވެވޭނީ އުރީދޫގެ ހެޑް އޮފީހުން ކަމަށެވެ. އަދި ޖަލްސާގައި އޮންލައިންކޮށް ބައިވެރިވެވޭނީ މޯލްޑިވްސް ސެކިއުރެޓީސް ޑިޕޮސިޓަރީ ކޮންޕެނީ ޕްރައިވެޓް ލިމިޓެޑް ޑީއެމްއެސްޑީގެ އޮންލައިން ޖެނެރަލް މީޓިން މެނޭޖްމެންޓް ސިސްޓަމް 'ފަހިވޯޓު' މެދުވެރިކޮށް ކަމަށެވެ.

ޖަލްސާގެ އެޖެންޑާ:

  • އައިޓަމް 1: ކީރިތި ޤުރުއާން
  • އައިޓަމް 2: ޗެއާޕާސަން، ފާތިމާ ސުލްތާން އަލް-ކުވާރީ ވާހަކަފުޅު ދެއްކެވުން.
  • އައިޓަމް 3: 7 މާރިޗު 2024 ވީ ބުރާސްފަތި ދުވަހު ބާއްވާފައިވާ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
  • އައިޓަމް 4: 15 ޑިސެންބަރު 2024 ވީ އާދިއްތަ ދުވަހު ބާއްވާފައިވާ ހާއްސަ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
  • އއައިޓަމް 5: މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޚާލިދު ހަސަން އެމް އޭ އަލް-ހަމާދީގެ ވާހަކަފުޅު ދެއްކެވުން.
  • އައިޓަމް 6: 2024 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓް ފާސްކުރުން.
  • އައިޓަމް 7: 2024 ވަނަ އަހަރުގެ ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓް ފާސްކުރުން.
  • އައިޓަމް 8: 2025 ވަނަ އަހަރަށް އޮޑިޓަރުން އައްޔަންކޮށް، އޮޑިޓަރުންގެ އުޖޫރަ ކަނޑައަޅައި ފާސްކުރުން.
  • އައިޓަމް 9: 2024 ވަނަ އަހަރުގެ ޑިވިޑެންޑުގެ ގޮތުގައި ބަހާނެ ފައިސާ ކަނޑައަޅައި ފާސްކުރުން.
  • އައިޓަމް 10:ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރުން އަލުން އިންތިހާބުކުރުން.
  • އައިޓަމް 11: ހިއްސާދާރުން މަޝްވަރާކުރުން.
  • އައިޓަމް 12: ޖަލްސާ ނިންމުން.
އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އުރީދޫ މޯލްޑިވްސްގެ ހިއްސާދާރުންގެ ދަފުތަރުގައި ހިމަނާފައިވާ ފަރާތްތަކަށެވެ.

މި ޖަލްސާގެ އެޖެންޑާ އައިޓަމްތަކަށް ވޯޓުލާއިރު އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވާ ފަރާތްތަކަށް، އެ ފަރާތްތަކަށް ލިބިފައިވާ ކޮންމެ ހިއްސާއަކަށް އެއް ވޯޓު ލިބޭނެ އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ އެ ކުންފުނީގެ ހެޑް އޮފީހަށް ހާޒިރުވެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާ ހިއްސާދާރުން (ޕްރީ-ރަޖިސްޓާ ކޮށްފައިވާ ފަރާތްތައްވެސް) ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ ރޭގަނޑު 8.45 އާއި 9.30އާ ދެމެދު ހެޑް އޮފީހަށް ހާޒިރުވެ ރަޖިސްޓާ ކުރަންޖެހޭނެ ކަމަށެވެ. ޖަލްސާ ފެށުމުގެ ކުރިން ރަޖިސްޓާ ނުކުރާ ފަރާތްތަކަށް ޖަލްސާގައި ބައިވެރިނުވެވޭނެ ކަމަށްވެސް ބުންޏެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު