ވިޔަފާރި
އުރީދޫއިން ދޭ ހޮންޑާ ރިބެލް ސައިކަލު ލިބުނު ނަސީބުވެރިޔާއަށް ސައިކަލު ހަވާލުކޮށްފި
މިދިޔަ ސެޕްޓެމްބަރު މަހު އުރީދޫން ފެށި ޕްރޮމޯޝަނުގައި ހުށަހެޅި އެންމެ އަގުހުރި އިނާމު ކަމަށްވާ "ހޮންޑާ ރިބެލް" ސައިކަލް ލިބުނު ނަސީބުވެރިޔާއަށް އެ ސައިކަލު ހަވާލުކޮށްފި އެވެ.

މިދިޔަ އަހަރުގެ ނިޔަލަށް ކުރިއަށްގެންދިޔަ އެ ޕްރޮމޯޝަންގައި ކަސްޓަމަރުންނަށް ކޮންމެ ތިން ދުވަހަކުން ސައިކަލެއް ލިބުމުގެ ފުރުސަތު ވަނީ ދީފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • އެއާ ބްލޭޑް 125 - ސްޓޭންޑަޑް އެޑިޝަން (ރަތް ކުލަ)

  • އެއާ ބްލޭޑް 160 - ސްޓޭންޑަޑް އެޑިޝަން (ރަތް ކުލަ)

  • ޕީސީއެކްސް 160 - ކަޅު ކުލަ

އޭގެ އިތުރަށް އެންމެ އަގުހުރި އިނާމަކަށް ދިނީ މިދިޔަ އަހަރުގެ ހޮންޑާ ރިބެލް 300 ސީސީ (ކަޅު ކުލައިގެ) ސައިކަލެކެވެ.

އެ ޕްރޮމޯޝަން ކުރިއަށް ގެންދިޔައީ 30 ދުވަހުގެ ތެރޭގައި 250ރ. އަށް ވުރެ މަތިން ބިލް ދައްކައި ނުވަތަ ރީޗާޖުކޮށް ނުވަތަ އެޑްއޮން އެއް ބޭނުންކުރާ ކަސްޓަމަރުންނާއި އަލަށް ގުޅޭ ކަސްޓަމަރުންގެ ތެރެއިން ހިދުމަތް ބޭނުން ކުރުމަށް 400ރ. އިން ފެށިގެން މަތިން ބިލް ދައްކައި، ރީޗާޖުކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރާ ކަސްޓަމަރުންގެ މެދުގަ އެވެ.

އެ ޕްރޮމޯޝަނަކީ އުރީދޫގެ "5ޖީ ލިބޭ" ކެމްޕެއިންގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކަށް ހަލުވި ސްޕީޑާއި ލެޓެންސީ ދަށްކޮށް، ކަނެކްޓިވިޓީ އިތުރުކޮށްދޭ އުރީދޫގެ ޒަމާނީ 5ޖީ ޓެކްނޮލޮޖީ ފާހަގަކުރުމުގެ ގޮތުން ބޭއްވި ޕްރޮމޯޝަނެކެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު