ވިޔަފާރި
އޭއައި ޓެކްނޮލޮޖީ ދައްކުވައިދޭ އުރީދޫ ކަލަންޑަރު ރޭ އިފުތިތާހު ކޮށްފި
ރާއްޖޭގެ ފުލޯކު ވާހަކަތައް ހިމަނައިގެން، އުރީދޫ މޯލްޑިވްސް އިން 2025 ގެ ކަލަންޑަރު ރޭ އިފުތިތާހު ކޮށްފި އެވެ.

ދިވެހި ސަގާފަތުގެ ތެރޭގައި ހިމެނޭ ވާހަކަތަކުގެ ކެރެކްޓަރތަށް ޓެކްނޮލޮޖީގެ ޒަރީއާއިން އާއްމުންނާއި ހަމައަށް ގެނެސްދޭ މި ކަލަންޑަރުން އިފްތިތާހު ކޮށްދެއްވީ އުރީދޫ ހެޑްކުއާޓާސްގައި ބޭއްވުނު ޚާއްސަ ހަފްލާގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާންއެވެ. މިއީ ރާއްޖޭގެ ފުރަތަމަ އެން.އެފް.ސީ އިންޓަގްރޭޓަޑް ކަލަންޑަރެވެ.

"ފިއުޗާ މީޓްސް ނޮސްޓަލްޖިއާ" ނަމުގައި ތައްޔާރު ކޮށްފައިވާ އެ ކަލަންޑަރު އިފުތިތާހު ކޮށްދެއްވީ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާނެވެ.

ކަލަންޑަރު ތަޢާރަފްކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި އަލީ އިހްސާން ވިދާޅުވީ އޫރީދޫ މޯލްޑިވްސްއިން ތައާރަފުކުރި މި އުފެއްދުންތެރި ކަލަންޑަރަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، ތާރީހުގެ ތެރެއިން އަޅުގަނޑުމެންގެ ކާބަފައިން ވިދާޅުވެފައިވާ ފޯކްލޯރ ވާހަކަތަކަށް އާ ދިރުމެއް ލިބިގެންދިޔަ އީޖާދީ މަސައްކަތެއް ކަމަށެވެ. 

އޭއައި އާއި އެކު މި ވާހަކަތަކުގައި ހިމެނޭ ކެރެކްޓަރސްތަކާ ސީދާ މުޢާމަލާތްކުރުމުގެ ފުރުޞަތު ލިބިގެންދާ ކަމަށާ މިފަދަ އީޖާދީ މަސައްކަތްތަކުން އަޅުގަނޑުމެންގެ ސަގާފަތް ދިރުވައި، ޒުވާނުންގެ ޝައުގުވެރިކަން އިތުރުވެ، ބައިނަލްއަގުވާމީ މައިދާނުގައިވެސް ދިވެހި ސަގާފަތް އިތުރު ހަރުފަތަކަށް ގެންދެވޭ ކަމަށެވެ.

ކަލަންޑަރުގައި ހިމެނޭ އޭއައި ފީޗާ އިން ކެރެކްޓާތަކާ ވާހަކަތައް ހިއްސާކޮށް، ސުވާލުތަކަށް ޖަވާބު ދީ، އެ މީހުންގެ ދުނިޔެއާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދީ، ފޯކްލޯރުތަކުގެ އާ ތަޖުރިބާއެއް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

ޖުމްލަ 12 ކެރެކްޓާ ހިމަނައިގެން ތައްޔާރު ކޮށްފައިވާ މި ފީޗާގައި މަހަކު ކެރެކްޓާއެއް އަންލޮކް ކުރެވޭނެ އެވެ. ކެރެކްޓާތަކާ ވާހަކަ ދެއްކޭނީ އަންލޮކް ވުމުންނެވެ. މިއީ ރާއްޖޭގެ ފުރަތަމަ އެންއެފްސީ އިންޓަގްރޭޓަޑް ކަލަންޑަރެވެ.

އެ ކަލަންޑަރު އިފުތިތާހު ކުރުމުގެ ރަސްމިއްޔާތުގައި އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ މި އަހަރުގެ ކަލަންޑަރު ރަމްޒު ކޮށްދެނީ ޓެކްނޮލޮޖީގެ ބޭނުން ހިފައި، ދިވެހި ސަގާފަތް ދެމެހެއްޓުމަށް ކުރާ މަސައްކަތް ކަމަށެވެ.

ފޯކްލޯރގެ ނޮސްޓެލްޖިއާ ޑިޖިޓަލް އިންޓައެކްޓިވިޓީއާއި އެއްކޮށްލައިގެން، އަޅުގަނޑުމެންގެ މުއްސަނދި ވާހަކަތައް ފާހަގަކުރުމުގެ އިތުރުން ކުރިއަށް އޮތް އަހަރުތަކުގައި ވެސް މި ވާހަކަތައް ދެމިއޮންނާނެ ކަން މިއަހަރުގެ އުރީދޫ ކަލަންޑަރުން ކަށަވަރު ވެގެންދާނެއެވެ."

މިއީ ދިވެހި ތަރިކަ ހިމާޔަތްކޮށް، މާނަހުރި ގުޅުމެއް އުފައްދައި، ޓެކްނޮލޮޖީ ބޭނުންކޮށްގެން ޖީލުތަކުގެ މެދުގައި ގުޅުންދަމަހައްޓާ ޑިޖިޓަލް މޯލްޑިވްސް އެއް ބިނާކުރުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތުގެ މުހިންމު ބޮޅެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު