ވިޔަފާރި
ރޯދައަށް އުރީދޫއިން ހުޅުމާލޭ ގުއްބު މިސްކިތް އޭސީކުރަނީ
ކުރިއަށް އޮތް ރޯދަ މަސް ފެށުމުގެ ކުރިން މަސްޖިދުލް ޝައިހް ގާސިމް ބިން އަލްސާނީ (ހުޅުމާލެ ގްރޭންޑް މިސްކިތް) މަރާމާތު ކުރަން އުރީދޫ މޯލްޑިވްސް އިން ގަތަރު ޗެރިޓީއާ އެކު ސޮއިކޮށްފި އެވެ.

އެ އެއްބަސްވުމުގެ ދަށުން ފުލް އެއާކޮންޑިޝަން ސިސްޓަމާއެކު އަޕްގްރޭޑްކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ގަތަރުގެ ދޯހާގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސޮއިކުރީ އުރީދޫގެ ސީއީއޯ އަދި އެމްޑީ ހާލިދު އަލް ހަމާދީ އާއި ގަތަރު ޗެރިޓީގެ ޗީފް މާކެޓިން އޮފިސަރު އަހްމަދު ފަހްރޫ އެވެ.

މި ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ ވަނީ ރަމަޟާން މަހަކީ ގިނަ ބަޔަކު އަޅުކަން ކުރުމުގައި މިސްކިތުގައި ގިނަ ވަގުތުތަކެއް ހޭދަކުރާ މަހެއްކަން ފާހަގަކުރައްވާފަ އެވެ. އަދި މިސްކިތް އޭސީކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރުމަކީ ލިބޭ ޝަރަފެއް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އުންމީދު ކުރަނީ މި މަސައްކަތުގެ ސަބަބުން މި ބަރަކާތްތެރި މައްސަރުގައި ވެސް އަދި އޭގެ ފަހުންވެސް އަޅުގަނޑުމެންގެ މުޖުތަމައުއަށް ފަސޭހަތަކެއް ލިބިގެންދާނެކަމަށް،" ހާލިދު އަލް ހަމާދީ ވިދާޅުވި އެވެ.

ހުޅުމާލޭ ގްރޭންޑް މިސްކިތަކީ 1،800 އަށްވުރެ ގިނަ މީހުންނަށް ހިތްފަސޭހަ މާހައުލެއްގައި ބޭނުންކުރެވޭ ގޮތަށް ބިނާކުކޮށްފައިވާ މިސްކިތެކެވެ. މިއީ 2006 ގައި ބިނާކުރި މިސްކިތެކެވެ.

އުރީދޫން ގުއްބުގެ މިސްކިތުގެ އޭސީކުރުމާއި އާބާތުރަ ފިލުވުމުގެ ވަރަށް އަވަހަށް ފަށައި ރޯދައިގެ ކުރިން މަސައްކަތްތައް ނިންމާނެ ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު