ޚަބަރު
ހިޖްރަ ގްރޫޕުން އުމްރާއަށް ދިޔަ ބަޔަކު ރާއްޖެ ނާދެވިިފައި
އަލް ހިޖްރަ ޢުމްރާ ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ ދިވެހީންތަކަކަށް ރާއްޖެ ނާދެވި ސައުދީ އަރަބިއްޔާގައި ތާށިވެއްޖެ އެެވެ.

އަލްހިޖުރަ ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ ބަޔަކަށް އަނބުރާ ނާދެވި ހާލުގައި ޖެހުނީ، ރިޓާން ޓިކެޓު ގަންނަން ހުރި ފައިސާ އެ ގްރޫޕުން އެހެން ކަންކަމަށް ބޭނުންކޮށް ހުސްކޮށްލުމުން ކަމަށް ބައެއް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. 

މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އަލްހިޖްރަގެ ހަވާލުގައި އުމްރާ އަށް ދިޔަ ބަޔަކަށް ދިމާވެފައިވާ ހާލަތު މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެ މީހުން އެނބުރި ރާއްޖެ ގެނައުމަށް ކޮށްދެވެން އޮތް ކަމެއް މިނިސްޓްރީން ކުރާނެ ކަމަށެވެ.

"މައްކާގައި މިވަގުތުގައި އޮތް މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެދުވެރިކޮށް، ހާލުގައި ޖެހުނު އުމްރާވެރިންނަށް އެހީވުމަށް މިދަނީ މަސައްކަތް ކުރަމުން. އަޅުގަނޑު ވާނީ ހައްޖު ކޯޕަރޭޝަންގެ އެމްޑީއަށް އިރުޝާދު ދީފައި،" ޝަހީމް ވިދާޅުވި އެވެ.

"ދިވެހި އެއްވެސް ރައްޔިތަކަށް ދިމާވާ ދަތިކަމެއްގައި އެހީ ނުވެ އަޅުގަނޑުމެން ނުތިބޭނަން. ރައީސް އަބަދުވެސް އިރުޝާދު ދެއްވަނީ ރައްއްޔިތުންނާ ގާތުން މަސައްކަތް ކުރުމަށް. ދިމާވާ ކަންކަން ހައްލު ކުރުމަށް."

ކުދިކުދި އުމްރާ ގްރޫޕުތަކުން މީހުން ސައުދީއަށް ގެންގޮސް، ހާލުގައި ޖެހިގެން މީގެ ކުރިން ވެސް މައްސަލަތައް ފެންމަތިވެފައި އެބަހުއްޓެވެ.

އަދި އުމްރާއަށް ގެންދިއުމުގެ ނަމުގައި ފައިސާ ހޯދުމަށްފަހު ބޮޑެތި ސްކޭމްތައް ވެސް ހިންގައިފައި އެބަހުއްޓެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު