ޚަބަރު
ބޯކޮށް ވާރޭވެހި ގުގުރާނެތީ ދެކުނަށް އޮރެންޖް އެލާޓް މިއަދު ނެރެފި
މި ދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އިތުރަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހުވަދު އަތޮޅަށް އޮރެންޖް އިންޒާރު ނެރެފި އެވެ.

މެޓް އޮފީހުން ވަނީ މިއަދުގެ 12:50 އިން ފެށިގެން 15:00 އަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް އެ ސަރަހައްދަށް އޮރެންޖު ސަމާލު ނެރެފައެވެ.

އެ އޮފީހުން ކުރިއަށް އޮތް 24 ގަޑީރު މޫސުން ލަފާކުރާ ގޮތުގައި ރާއްޖޭގެ ދެކުނުގެ ރައްތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށާއި އެހެން ހިސާބުތަކަށް މޫސުން އާންމު ގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ.

މެޓުން ބުނީ، ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން، ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މިއަދުވެސް ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، އަދި ވިލާގަނޑުގައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ވިދާޅުވެއެވެ. ހަމައެއާއެކު ރާޅުގެ އުސްމިނުގައި 1 ފޫޓާއި 3 ފޫޓު ހުންނާނެ ކަމަށް ވެސް ލަފާކޮށްފައިވެެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު