ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
މޫސުމީ ބަދަލުތަކުގެ އަގު ރާއްޖޭން ވަނީ އަދާކުރަން ޖެހިފައި: ނަޝީދު
އަހުމަދު ނިހާން
04 ޖެނުއަރީ 2025 - 17:34
0
comments
Tweet
Telegram
މޫސުމަށް އަންނަ ބަދަލާ އެކު ދުނިޔެ ހޫނުވަމުންދާ ނަމަ އިއްޔެ މާލެއިން ފެނުނު މަންޒަރު މާ ގިނައިން ފެންނާނެ ކަަމަށާއި ރާއްޖޭގެ ބައިވެރިވުމެއް ނެތި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ އަސަރުގެ އަގު ރާއްޖެއިން އަދާކުރަން ޖެހިފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އިއްޔެ މާލެ އަށް ކުރި ގަދަ ވިއްސާރައިގެ ވީޑީއޯއަކާއެކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލާއެކު ދުނިޔެ ހޫނުވަމުންދާނަމަ އިއްޔެ މާލެއިން ފެނުނު މަންޒަރު ތަކުރާރުކޮށް ފެންނަމުންދާނެ ކަމަށެވެ. އަދި ތިމާވެއްޓަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ލޮސް އެންޑް ޑެމޭޖު ފަންޑު ލިބިދާނެ ކަމަށް ރާއްޖެއިން އުއްމީދުކޮށްގެން ނުވާނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
"މިކަން މެދުވެރިވުމުގައި ދިވެހިންގެ އެއްވެސް ބައިވެރިވުމެއް ނެތް، އެކަމަކު ރާއްޖެއަށް މިވަނީ މިކަމުގެ އަގު އަދާކުރަން ޖެހިފައި. މިއީ މޫސުމަށް އަންނަ ބަދަލުތަކުގެ ނާއިންސާފުކަން،" ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ނަޝީދު ވިދާޅުވި އެވެ.
އިއްޔެ މުޅި މާލޭގައި ވަރަށް ބޮޑަށް ފެންބޮޑުވިއިރު އެކަމުގެ ސަބަބުން ޖުމުލަ 36 ގެއަކުން 226 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކާނާގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ވަނީ ބުނެފައެވެ.
ސިފައިން 21 ގަޑިއިރު ވަންދެން ކުރި މަސައްކަތުން މާލޭ މަގުތަކުން ފެން ހިންދުނީ މިއަދު ހެނދުނެވެ. އެއީ، 30،569 ޓަނުގެ ފެން ކަމަށް ސިފައިން ބުންޏެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ދެން މަޑުމަޑުން މޫސުން ރަނގަޅުވާން ފަށާނެ ކަމަށް ލަފާކޮށްފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
15 ދުވަސް ކުރިން
0
އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅުން: ރައީސް ނަޝީދު
1 މަސް ކުރިން
0
ގަސް ކަނޑާތީ ސިޓީ ކައުންސިލަށް ދައުވާކުރަންޖެހޭ: ރައީސް ނަޝީދު
2 މަސް ކުރިން
0
ކަނޑުވި މީހުން ސަލާމަތްކުރަން ފުލުހުން ކުރި މަސައްކަތަށް ތައުރީފު
2 މަސް ކުރިން
0
ލޯންޗެއް ދިޔަވެ، ކަނޑުވި 44 މީހުންނާއި 4 ކުޑަކުދިން ސަލާމަތްކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ރައީސް، ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމަށް ބޭފުޅަކު އައްޔަންކުރައްވައިފި
3 ގަޑިއިރު ކުރިން
0
ދިރާގު ފުވައްމުލައް ރަންގެ ބިބް އަދި ރޭސް ކިޓް ދޫކުރަން މިއަދު ފަށަނީ
4 ގަޑިއިރު ކުރިން
0
ވަގަށް އެތެރެކުރަން އުޅުނު ލައްކައަކަށްވުރެ ގިނަ ސިނގިރޭޓު އަތުލައިގެންފި
4 ގަޑިއިރު ކުރިން
0
ގިނަ އަދަދެއްގެ ދަރިވަރުންނާއެކު މި އަހަރުގެ އޯލެވެލް އިމްތިހާނު ފަށައިފި
4 ގަޑިއިރު ކުރިން
0