ވިޔަފާރި
އުރީދޫ އެމް ފައިސާއިން 2 މަސް ދުވަހުގެ ޕްރޮމޯޝަނެއް
ޑިޖިޓަލް ވޮލެޓް ޕްލެޓްފޯމް އެމް-ފައިސާ ބޭނުންކޮށްގެން، މެޓަ ކުއެސްޓް 3 ހޯދުމުގެ ފުރުސަތު އުރީދޫއިން ހުޅުވާލައިފި އެވެ.

ޑިޖިޓަލް ވޮލެޓް ޕްލެޓްފޯމް އެމް-ފައިސާ އިން 2 މަސް ދުވަހުގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަނާއެކު އެމް-ފައިސާ ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް މެޓަ ކުއެސްޓް 3 ކާމިޔާބު ކުރުމުގެ ފުރުސަތު ލިބިގެންދެ އެވެ.

އުރީދޫން ބުނީ ޔުޓިލިޓީ ބިލް ދެއްކުމާއި މާޗަންޓް ޓްރާންސެކްޝަންތަކަށް މި ހިނގާ ޖަނަވަރީ އަދި ފެބްރުއަރީ މަހު 1،500 ރުފިޔާ އާއި އެއަށް ވުރެ މަތިން އެމް-ފައިސާ މެދުވެރިކޮށްމުއާމަލާތްކުރާ ކަސްޓަމަރުން އޮޓަމެޓިކުން ލަކީ ޑްރޯގައި ހިމެނިގެންދާނެ ކަމަށެވެ.

ސްޓެލްކޯއާއި އެމްޑަބްލިއުއެސްސީގެ ބިލުތަކަށް އެމް ފައިސާ މެދުވެރިކޮށް ކޮންމެތާކު ކޮންމެ ވަގުތަކު ވެސް ފަސޭހަކަމާ އެކު ބިލަށް ފައިސާ ދެއްކޭނެއެވެ. ޔޫޓިލިޓީ ބިލު ދެއްކުމުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ މަގުބޫލު ކެފޭ ރެސްޓޯރެންޓް އަދި ފިހާރަތަކުން ވެސް ކަސްޓަމަރުންނަށް އެމް ފައިސާ މެދުވެރިކޮށް ފަސޭހަކަމާ އެކު ބިލަށް ފައިސާ ދެއްކޭނެ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.

އެމްފައިސާއަށް ރަޖިސްޓްރީވާން ބޭނުންވާ ބޭފުޅުންނަށް އުރީދޫ އެޕް މެދުވެރިކޮށް ރަޖިސްޓާވެވޭނެއެވެ.

އެމް-ފައިސާ އަށް ރެޖިސްޓަރ ވާން ބޭނުންވާ ފަރާތްތަކަށް އުރީދޫ އެޕް މެދުވެރިކޮށް ރެޖިސްޓަރ ވެވޭނެއެވެ.

  1. އުރީދޫ އެޕް ޑައުންލޯޑް
  2. އެމް-ފައިސާ ހިޔާރުކޮށް ރަޖިސްޓްރޭޝަން އަށް ފިތާލާ
    އެކައުންޓް އެކްޓިވޭޓް ކުރުމަށް ބޭނުންވާ ތަފްސީލް ތައް ފުރިހަމަކުރޭ.
    ފޯނަށް ލިބޭ އޯޓީޕީ ޖައްސަވުމަށްފަހު 4 ޑިޖިޓްގެ ޕިން އެއް ސެޓް ކުރޭ
    މޮބައިލް ނަމްބަރާއި 4 ޑިޖިޓްގެ ޕިން ޖަހުމުން ނިމުނީއެވެ.
އެމް-ފައިސާގެ ފަސޭހަކަމާއި ހާއްސަ އޮފާތަކުގެ ބޭނުން ހިފުމަށް ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށް ވެސް އެ ހިދުމަތް ބޭނުން ކުރެވޭނެ ކަމަށް އުރީދޫން ބުންޏެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު