ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ގްރޫމްކުރި ޓީޗަރު ހައްޔަރުކުރަން އަމުރުކޮށްފި
އަލީ ރާޒީ
08 ޖެނުއަރީ 2025 - 09:30
0
comments
Tweet
Telegram
ދަރިވަރުންތަކެއް ގްރޫލްކުރި ޓީޗަރު ޝަރުތުތަކެއް ކުރުމަށްފަހު ބަންދުން ދޫކޮށްލާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، އޭނާ އަލުން ހައްޔަރު ކުރުމަށް ހައިކޯޓުން އަމުރުކޮށްފި އެވެ.
އެ ޓީޗަރު އަލުން ހައްޔަރު ކުރަން ހައިކޯޓުން އިއްޔެ އަމުރުކޮށްފައިވަނީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ހައިކޯޓުން އަމުރު ކުރީ އެ ޓީޗަރު، ހަތް ދުވަހަށް ބަންދުކޮށް އެ މުއްދަތުގެ ތެރޭގައި ދަށު ކޯޓުން އަލުން އެ މައްސަލައާއި މެދު ގޮތެއް ނިންމުމަށެވެ.
މީޑިއާތަކަށް ފުލުހުން މި މައްސަލައާ ގުޅިގެން ކުރިން ފޮނުވި މެސެޖެއްގައި ބުނީ އެ މީހާ ދޫކޮށްލާފައިވަނީ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން ކަމަށެވެ.
ގްރޫމްކުރި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ޓީޗަރު ހައްޔަރުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު 27 ގައެވެ. އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު އެ ޓީޗަރުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މިދިޔަ ނޮވެމްބަރު 25 ގައި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
މިއީ ކުޑަކުދިންތަކެއް ހިމެނޭ މައްސަލައަކަށް ވާތީ އެ ޓީޗަރުގެ ވަނަވަރުވެސް އަދި އެއީ ކޮން ރަށެއްގެ މީހެއްކަން ވެސް ފުލުހުން ހާމައެއް ނުކުރެ އެވެ. ނަމަވެސް އެ މީހާ މަސައްކަތް ކުރީ މ، ފ، ދ، ތ، ލ. އަތޮޅުގެ ތެރެއިން ކޮންމެވެސް އެއް އަތޮޅަކަށް ނިސްބަތްވާ ރަށެއްގެ ސްކޫލްގައި ކަމަށް ފުލުހުން ބުންޏެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
14 ދުވަސް ކުރިން
0
ހައިކޯޓަށް ފަނޑިޔާރަކު ހޯދަން ކުރި އިއުލާން ބާތިލު
1 މަސް ކުރިން
0
ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް ހުޅުވާލައިފި
1 މަސް ކުރިން
0
ހައި ކޯޓު ހިންގުން ވަގުތީ ގޮތުން ފަނޑިޔާރު ފައިސަލްއާ ހަވާލުކޮށްފި
1 މަސް ކުރިން
0
ހައި ކޯޓުގެ އިސް ފަނޑިޔާރު ޝަހީދު ސުޕްރީމް ކޯޓަށް ކުރިމަތިލައްވައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މެންބަރެއްގެ ދައުރު ހަމަވާތީ ބްރޯޑްކޮމްއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
8 ގަޑިއިރު ކުރިން
0
އެއްބުރުން ރައީސަކު ހޮވަން ނަޝީދު ތާއީދުކުރައްވައިފި
8 ގަޑިއިރު ކުރިން
0
އެގްރިކަލްޗާ މިނިސްޓްރީއަށް އޭސީސީ އާއި ފުލުހުން ވަދެއްޖެ
8 ގަޑިއިރު ކުރިން
0
ރައީސް، ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމަށް ބޭފުޅަކު އައްޔަންކުރައްވައިފި
11 ގަޑިއިރު ކުރިން
0