ޚަބަރު
ހައި ކޯޓު ހިންގުން ވަގުތީ ގޮތުން ފަނޑިޔާރު ފައިސަލްއާ ހަވާލުކޮށްފި
ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް؛ ހައި ކޯޓު ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފި
ހައިކޯޓުގެ އިސްފަނޑިޔާރު ހުސައިން ޝަހީދު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރުމާ ގުޅިގެން ހައިކޯޓު ހިންގުން ވަގުތީ ގޮތުން އެ ކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލްއާ ހަވާލުކުރަން ޖޭއެސްސީ އިން ނިންމައިފި އެވެ.

ހައި ކޯޓުން ބުނީ ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު ހުސްވުމުން، ވަގުތީ ގޮތުން ކޯޓު ހިންގަވަން ފައިސަލްއާ ހަވާލުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން އަންގާފައިވާ ކަމަށެވެ.

ފައިސަލް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރީ 24 ޖުލައި 2018ގަ އެވެ. އޭގެ ފަހުން ޖޭއެސްސީގެ މެންބަރުކަމާއި ނައިބު ރައީސްގެ މަގާމު ވެސް ފައިސަލް ފުރުއްވާފައިވެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝަހީދު އައްޔަންކުރީ، މި މަހުގެ 4 ވަނަ ދުވަހު ހުސްނުއްސުއޫދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވުމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު