ޚަބަރު
ސުޕްރީމް ކޯޓުގެ ދިފާއުގައި އިބުރާ ހައިކޯޓަށް
އިބްރާހިމް އިސްމާއީލް (އިބުރާ)- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ސުޕްރީމް ކޯޓު ހިންގޭނޭ ގޮތެއް ހަދައިދިނުމަށް އެދި ކުރީގެ މަޖިލިސް މެންބަރު އިބްރާހިމް އިސްމާއިލް (އިބުރާ) ހައި ކޯޓަށް މައްސަލަ ހުށައަޅުއްވައިފި އެވެ.

މިކަން ހާމަކުރައްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިބުރާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރުމަކީ އެ ކޯޓުގައި ތަޅުއެޅުވުން ކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު މާދަމާ އިއުލާނު ކުރިއަސް، ރައްޔިތުންގެ ހައްގުތައް ގެއްލި، ގާނޫނު އަސާސީގެ ބާރު ދިޔައީ ކަމަށް އޭނާ ވިދާޅުވި އެވެ.

އިބުރާ މި މައްސަލައިގައި ކޯޓަށް މައްސަލަ ހުށައެޅުއްވިއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑުކުރުމާ ގުޅިގެން ގިނަ ބަޔެއްގެ ކަންބޮޑުވުން އެބަހުއްޓެވެ.

"ކުއްލި ނުރައްކަލުގެ ޙާލަތު މާދަމާ އިޢުލާނު ކުރިއަސް، ރައްޔިތުންގެ ޙައްޤުތައް ގެއްލޭނެއެވެ. ޤއ [ޤާނޫނުއަސާސީ]ގެ ބާރު ދިޔައީއެވެ،" އިބްރާ ލިޔުއްވައިފައިވެ އެވެ.

އެއާއެކު އިބްރާ ވިދާޅުވީ ސުޕްރީމް ކޯޓު ހިންގޭނޭ ގޮތެއް ހަދައިދިނުމަށް އެދި ހައި ކޯޓަށް މިހާރު މައްސަލަ ހުށަހަޅައިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ސިޔާސީ ކަންކަމަށް ޙައްލު ހޯދާނީ ސިޔާސީ ދާއިރާއިން ކަމަށެވެ. އެ ކަމަށް ޤާނޫނުއަސާސީއާއި ޖުޑިޝަރީ އުވާލައިގެން ނުވާނެކަމަށް އިބްރާ ވިދާޅުވި އެެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކުރި މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔުން އަމާޒުކުރަމުންނެެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑުކުރި ތިން ފަނޑިޔާރުންނަކީ ހުސްނުއްސުއޫދާއި، މަހާޒު އަލީ އާއި އަޒްމިރަލްދާ ޒާހިރެވެ. އެ ތިން ފަނޑިޔާރުން ފުރަތަމަ ސަސްޕެންޑުކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އެވެ. އެ ފަހުން އެ ތިން ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ވެސް ޖޭއެސްސީން ވަނީ ބަލަން ފަށާފަ އެވެ.

މި ހުރިހާ ކަމެއް ހިނގީ މެންބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާފު ސިޔާސީ ޕާޓީތަކަށް ދޭން ގާނޫނު އަސާސީ ބަދަލުކުރި މައްސަލައިގައި ނެރެން އެދުނު ވަގުތީ އަމުރެއްގެ އަޑުއެހުމަށް ކުޑަތަން ވެފައި ވަނިކޮށެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު