ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ފިޔޯރީ މަސް ކާރުހާނާ މަސައްކަތް ފެބްރުއަރީގައި ޗައިނާ ކުންފުންޏަކާ ހަވާލުކުރަނީ
އަހުމަދު ނިހާން
08 ޖެނުއަރީ 2025 - 09:16
0
comments
Tweet
Telegram
ގދ. ފިޔޯރީގައި މަސްކިރާ ފެކްޓްރީއެއް ޤާއިމުކުރުމަށް އަންނަ މަހު ޗައިނާގެ ކުންފުންޏަކާ އެކު ސޮއިކުރެވޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އިއްޔެ ފިޔޯރީއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ފިޔޯރީގައި މަސް ކާރުހާނާއެއް ގާއިމުކުރެއްވުމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅަކީ ފުއްދެވުމުގެ އަޒުމުގައި އެ ނިޔަތުގައި ވެވަޑައިގެންނެވި ވައުދެއް ކަމަށެވެ.
އެގޮތުން އަންނަ ފެބްރުއަރީ މަހު އެ މަޝްރޫއު ހިންގުމަށް ޗައިނާގެ ކުންފުންޏަކާއެކު ސޮއިކުރާ އެއްބަސްވުމުގެ ދަށުން 3،000 ޓަނުގެ މަސްކިރުވޭނެ ކާރުހާނާއެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތްކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެގޮތުން އެއްބަސްވުމުގައި ސޮއިކުރާތާ ދެ ހަފުތާ ތެރޭގައި މަޝްރޫއުގެ މަސައްކަތް ފެށޭނެކަމަށް ވިދާޅުވި އެވެ. އެ ކާރުހާނާގައި ދުވާލަކު 100 ޓަނުގެ މަސް ބަންދުކުރެވޭއިރު، 3000 ޓަނުގެ މަސް ރައްކާކުރެވޭނެ ކޯލްޑް ސްޓޮރޭޖު ހުންނާނެ އެވެ. އަދި 50 ޓަނުގެ އައިސް ޕްލާންޓެއްވެސް ގާއިމުކުރާނެ އެވެ.
ފިޔޯރީގެ ކަމާ ގުޅޭ އިދާރާތަކުން ހިއްސާކުރެއްވި ކަންބޮޑުވުންތަކަށް އަލިއަޅުއްވާލައްވަމުން، ސްކޫލް ހޯލު އަލުން އެޅުމުގެ މަސައްކަތް ކުރިއަށްގެންދަވާނޭ ކަމަށާއި، މި އަހަރު މަލްޓިޕަރޕަސް ހޯލެއް ބިނާކުރައްވައި، ކްލާސް ރޫމާއި ލެބް ޤާއިމުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
އޭޓީއެމްގެ މައްސަލައަށް އިޝާރާތްކުރައްވަމުން ރައީސް ވަނީ، އޭޓީއެމް ވަޢުދު ފުއްދާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މިއަހަރުގެ ބަޖެޓުގައި އެކަށައަޅާފައިވާ އިސްކަންދޭ ތަރުތީބުގެ ތެރެއިން، ސްކޫލްގެ މައްސަލަތަކާއި، ކުނި ނައްތާލުމުގެ ނިޒާމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
9 ގަޑިއިރު ކުރިން
0
ހައްޖާޖީންގެ ކާޑަށް އިތުރު 1،750 ޑޮލަރުގެ ލިމިޓެއް ދެނީ
1 ދުވަސް ކުރިން
0
މަންމައިންގެ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި
2 ދުވަސް ކުރިން
0
ޑިޖިޓަލް ދަތުރުގައި ބައިވެރިވާން އިދިކޮޅު ފަރާތްތަކަށް ރައީސް ގޮވާލައްވައިފި
3 ދުވަސް ކުރިން
0
2028 ގައި ސަރުކާރުގެ ގިނަ މުވައްޒަފުން މަސައްކަތް ކުރާނީ ގޭގައި: ރައީސް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އުރީދޫ ނޭޝަން އިންޓަ ރިސޯޓް އީސްޕޯޓްސް ޓޯނަމަންޓް ނިންމާލައިފި
54 މިނެޓް ކުރިން
0
ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަމުންދިޔައީ ސުއޫދު: އުޝާމް
59 މިނެޓް ކުރިން
0
މިނިސްޓަރު ހަލީލް ކުވައިތަށް ފުރާވަޑައިގެންފި
2 ގަޑިއިރު ކުރިން
0
ނަޑެއްލާ އިން ގެއްލުނު މީހާ ފެނިއްޖެ
3 ގަޑިއިރު ކުރިން
0