ގައުމީ ކޮމްޕިއުޓަރ ވިއުގަ އަޕްގްރޭޑް ކުރުމަށް ދިރާސާއެއް ހަދަނީ
އަހުމަދު ނިހާން
08 ޖެނުއަރީ 2025 - 08:55
0 comments
އެންސީއެންގެ ހިދުމަތް ހަރުދަނާކޮށް ކެޕޭސިޓީ އިތުރުކުރުމަށް ދިރާސާއެއް ހަދަނީ - ފޮޓޯ/ ހޯމް މިނިސްޓްރީ
ސޮފްޓްވެއާ ޑިފައިންޑް ވައިޑް އޭރިއާ ނެޓްވޯކް (އެސްޑީވޭން) ޓެކްނޮލޮޖީއަށް ބިނާކޮށް ގައުމީ ކޮމްޕިއުޓާ ވިއުގައިގެ ހިދުމަތް ހަރުދަނާކޮށް، ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ ދިރާސާ ހަދަން ސްރީލަންކާގެ އެން-އޭބަލް ޕްރައިވެޓް ލިމިޓެޑާ ހަވާލު ކޮށްފިއެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނީ އެން-އޭބަލްއަށް ދިރާސާ ހެދުމަށް ދިނީ ބައިނަލްއަގުވާމީ ބީލަމަކަށް ހުޅުވާލައި އެކަމަށް ކުރިމަތިލީ ކުންފުނި ތަކުގެ ތެރެއިން ބީލަން ކާމިޔާބު ކުރުމުން ކަމަށެވެ.އެސްޑީވޭން ޓެކްނޯލޮޖީއަކީ އިންޓަނެޓް މެދުވެރިކޮށް ރައްކާތެރިކަމާއެކު އެކި ޖިއޯގްރަފިކް ލޮކޭޝަންތަކުގައި ހުންނަ ބްރާންޗް އޮފީސްތައް ގުޅާލުމަށް ބޭނުންކުރާ ނެޓްވޯކް ޓެކްނޯލޮޖީއެކެވެ.ނަމަވެސް ސަރުކާރުގެ ވަކިވަކި އިދާރާތަކާއި، އެ އިދާރަތުގެ ބްރާންޗް އޮފީސްތަކާއި، ބޭނުންކުރާ ސިސްޓަމްތަކުގެ އެކްސެސް ކައުންސިލްތަކަށް، އެއް ވިއުގައެއްގެ ތެރެއިން ދިނުމަށް އެ ޓެކްނޯލޮޖީއަކީ ޓެކްނިކަލް އަދި މާލީގޮތުން ފީޒިބަލް ޓެކްނޯލޮޖީއެއްތޯ ދެނެގަތުމަށް އިތުރަށް ދިރާސާކުރަންޖެހެ އެވެ.އެންސީއެން އަކީ ސަރުކާރުގެ އިދާރާތަކުން ދޭ ހިދުމަތްތައް ދޭން އޮފީހުގެ އެތެރޭގައި ބޭނުންކުރާ އިންފޮމޭޝަން ސިސްޓަމްތައް ރަށުކައުންސިލްތަކާއި ބްރާންޗް އޮފީސްތަކަށް ފޯރުކޮށްދިނުމާއި އަދި އެކި އިދާރާތަކުގެ މެދުގައި ޑޭޓާ ރައްކާތެރިކަމާއި ހިއްސާކުރުމަށް ޓަކައި ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީ (އެންސީއައިޓީ) އާއި ލޯކަލް ގަވަންމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ޤާއިމްކޮށްފައިވާ ކޮމްޕިއުޓާ ވިއުގައެކެވެ.މީގެ އެންމެ ފުރަތަމަ މި ވިއުގަ ޤާއިމްކޮށްފައިވަނީ 2000 އަހަރު ތަކުގެ ތެރޭގައި ސެޓަލައިޓް މެދުވެރިކޮށެވެ. ނަމަވެސް ޓެކްނޯލޮޖީއަށް އައި ކުރިއެރުމާއި އަގުތަކަށް އައި ބަދަލާއެކު 2014 އިން ފެށިގެން މި ނެޓްވޯކް އޮޕަރޭޓްކުރަނީ ދިރާގު އަދި އުރީދޫއިން ޤާއިމްކޮށްފައިވާ މުވާސަލާތީ ބިނާވެށީގަ އެވެ.ނަމަވެސް މިއީ އަގުބޮޑު ޚިދުމަތަކަށްވުމުންނާއި، އޮފީސްތަކުގައި ޑިޖިޓަލް ޚިދުމަތްތައް ގިނަވެފައިވާތީ މި ނެޓްވޯކްގެ ކެޕޭސިޓީ ވަނީ އިތުރުކުރަންޖެހިފަ އެވެ.
ކިޔުންތެރިންގެ ޝުއޫރު