ވިޔަފާރި
އޭޓީއެމްތަކުން ކްރިޕްޓޯ ކަރަންސީ އެކްސްޗޭންޖް ނުކުރެވޭނެ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކަސްޓަމަރުންނަށް ހިދުމަތް ދެމުން އަންނަ އެއްވެސް ވަސީލަތެއް މެދުވެރިކޮށް ކްރިޕްޓޯ އެކްސްޗޭންޖް ކުރުމުގެ ހިދުމަތެއް ނުދޭ ކަމަށް އެ ބޭންކުން މިރޭ ބުނެފި އެވެ.

ބީއެމްއެލުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ކްރިޕްޓޯ އެކްސްޗޭންޖު ކުރުމުގެ ހިދުމަތް އެ ބޭންކުގެ އެއްވެސް ވަސީލަތެއް މެދުވެރިކޮށް ނުދޭ ކަމަށެވެ.

"ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްތަކުން އެމެރިކަން އެކްސްޕްރެސް، ވިސާ، މާސްޓަކާޑުގެ އިތުރުން އެހެނިހެން އިންޓަނޭޝަނަލް ބްރޭންޑްތަކުގެ ކާޑުން މުއާމަލާތް ހިންގޭނެ އެވެ. މިފަދަ ބައިނަލްއަގުވާމީ ކާޑުތަކުން، ކަނޑައެޅިފައިވާ ލިމިޓްތަކެއްގައި ބީއެމްއެލް އޭޓީއެމް މެދުވެރިކޮށް މުއާމަލާތް ކުރެވުނު ނަމަވެސް މި ދެންނެވި ވީޑއޯގައި ބަޔާންކޮށްފައިވާ ގޮތަށް އެއްވެސް ކާޑެއް ބޭނުންކޮށްގެން އެކައުންޓުން 100،000 ޑޮލަރުގެ އަދަށްވާ ދިވެހި ފައިސާ އެއްފަހަރާ ނުނެގޭނެ އެވެ،" ބޭންކުގެ ބަޔާނުގައި ވެ އެވެ. 

ބީއެމްއެލުން މިފަދަ ބަޔާނެއް ނެރެފައި މިވަނީ މީގެ ކުރިން ވެސް ޓްރޭޑް ކުރުމުގެ ނަމުގައި އެތައް ބައެއްގެ އަތުން ފައިސާ ނަގައިގެން މަކަރު ހެދިކަމުގެ ތުހުމަތު އަމާޒުވެފައިވާ އަލްހާން ފަހުމީ ސޯޝަލް މީޑިއާގައި ދައުރު ކުރި ވީޑިއޯއަކާ ގުޅިގެންނެވެ.

އެ ވީޑިއޯގައި އަލްހާން ބުނެފައި ވަނީ އޮންލައިން ޓްރޭޑް ކޮށްގެން ލިބޭ ކްރިޕްޓޯ ކަރެންސީ އެކަމަށް ހާއްސަކޮށް ހައްދާފައިވާ ބޭރުގެ ކާޑެއް މެދުވެރިކޮށް ބީއެމްއެލްގެ އޭޓީއެމުން އެކްސްޗޭންޖު ކުރެވޭ ކަމަށެވެ. އަދި އެ ކާޑު މެދުވެރިކޮށް 100،000 ޑޮލަރަށްވާ ދިވެހި ފައިސާ އެއްފަހަރާ ނެގޭނެ ކަމަށް އަލްހާން އެ ވީޑިއޯގައި ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު