ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އީފާސް މެދުވެރިކޮށް ޕާޓީތަކަށް ވައްދާ ގޮތަށް ހަދަނީ
އަލީ ރާޒީ
09 ޖެނުއަރީ 2025 - 12:36
0
comments
Tweet
Telegram
ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމަށް ވަގު ފޯމު ފުރައި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅާ މައްސަލަތައް އިތުރުވެ ބައެއް ޕާޓީތަކުން ރަސްމީކޮށް މައްސަލަ ހުށަހަޅާފައި ވަނިކޮށް ދައުލަތުގެ އެކި އޮފީސްތަކުގެ ހިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދިނުމަށް ބޭނުންކުރާ އީފާސް މެދުވެރިކޮށް ނޫނީ ސިޔާސީ ޕާޓީތަކަށް ވަނުމަށް ފޯމު ހުށަނޭޅޭ ގޮތަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
މިކަމާ ގުޅިގެން އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ ބައެއް މީޑިއާތަކަޑް މިއަދި ވިދާޅުވީ އީފާސް މެދުވެރިކޮށް ޕާޓީތަކަށް މީހުން ވައްދާ ގޮތަށް އުސޫލު ބަދަލު ކުރުމަކީ ހައްލަކަށް ވާނެ ކަމަށެވެ. އޭނަ ވިދާޅުވީ މެންބަޝިޕް ފޯމުތަކަށް އެތައް ފީޗާއެއް އިތުރުކުރި ނަމަވެސް ވަގު ފޯމް ހުށަހެޅުން ނުހުއްޓޭ ކަމަށެވެ.
އެހެންވެ ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އީފާސް މެދުވެރިކޮށް ޕާޓީއަށް ވައްދާ ގޮތަށް އުސޫލުތަކާއި ގަވާއިދުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އީސީން ބުނީ ވަގު ފޯމް ހުށަހަޅައިގެން 300 އެއްހާ ޝަކުވާ މި ފަހުން ލިބިފައިވާ ކަމަށެވެ. މިފަދަ މައްސަލަތައް ވަނީ ބައެއް ޕާޓީތަކުން ވަނީ ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ.
"ސަތޭކަ ޕަސެންޓު ޔަގީންކަމާއެކު ބުނަން ކެރޭނެ ވަގު ފޯމުގެ މައްސަލަ ހައްލުވާނެ ކަމަށް. ރީރެޖިސްޓްރޭޝަނަށް އެ އޮތީ ސޮލިއުޝަން ގެނެވިފައި. އީފާސް މެދުވެރިކޮށް ގެނައިމަ އޮންނާނެ ސަތޭކަ ޕަސެންޓު ޔަގީންކަން އެއީ ފޯމު ލާ މީހާގެ ވެރިފައިޑް އެކައުންޓަކުން އަންނަ ސައްހަ އެއްޗެއްކަން،" ހަސަން ވިދާޅުވި އެވެ.
ވަގު ފޯމުތަކެއް ފުރައިގެން ވެރިކަން ކުރާ ޕީއެންސީއަށް މީހުން ވައްދާފައިވާ ކަމަށް ބުނާ މައްސަލައާ ގުޅިގެން ހުރި ކަންބޮޑުވުންތައް އިލެކްޝަންސް ކޮމިޝަނާ ހިއްސާކޮށް ޕީއެންސީން ހުށަހަޅާފައިވާ ފޯމުތައް ޕްރޮސެސް ކުރުން ހުއްޓައިލުމަށްފަހު ހުރިހާ ފޯމެއް އަލުން ބަލައިދިނުމަށް އިދިކޮޅު އެމްޑީޕީން އެދިފައިވެ އެވެ.
ސޯޝަލް މީޑިއާގައި ބައެއް މީހުން ހިއްސާކޮށްފައިވާ ލިޔެކިޔުންތަކާއި މެސެޖުތަކުގެ ސްކްރީންޝޮޓުތަކުން އެނގޭ ގޮތުގައި އެ މީހުން ޕީއެންސީއަށް ވައްދާފައިވަނީ އެ މީހުންގެ ރުހުމެއް ނެތި، ސޮއި ފޯޖުކޮށްގެންނެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
10 ދުވަސް ކުރިން
0
ވަގަށް މެންބަރުން ވައްދާ ވާހަކަ އަކީ 100 ޕަސެންޓު ދޮގެއް: މުހައްމަދު
22 ދުވަސް ކުރިން
0
އަންނަ އަހަރުގެ ބަޖެޓުން ފައިސާ ދޫކުރާނީ ފަސް ޕާޓީއަކަށް
22 ދުވަސް ކުރިން
0
ޕީޕިއެމް އުވައިލުމުގެ މަސައްކަތް އިލެކްޝަނުން ފަށައިފި
24 ދުވަސް ކުރިން
0
އީސީގެ މެންބަރު ކަމަށް ހަސީބު އައްޔަންކުރައްވައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމަކާއެކު، އެސްޓީއޯ ރަމަޒާން ބާޒާރު ފަށައިފި
19 މިނެޓް ކުރިން
0
ޓޫރިޒަމް ވިޔަފާރިތައް އެމްއެމްއޭގައި ރެޖިސްޓްރީ ކުރުމުގެ ގަވާއިދު އާންމުކޮށްފި
42 މިނެޓް ކުރިން
0
ނޭޕާލް މީހާގެ ހަށިގަނޑު ގައުމަށް ފޮނުވާލައިފި
51 މިނެޓް ކުރިން
0
ފުވައްމުލަކުގެ ޑްރަގް ބޮޑުން ދޫކޮށްލައިފި
55 މިނެޓް ކުރިން
0