ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ވަގަށް މެންބަރުން ވައްދާ ވާހަކަ އަކީ 100 ޕަސެންޓު ދޮގެއް: މުހައްމަދު
ހުމާ ނަސީމް
30 ޑިސެމްބަރ 2024 - 13:18
0
comments
ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް
Tweet
Telegram
ވެރިކަން ކުރާ ޕާޓީ، ޕީއެންސީއަށް އެކި ޕާޓީތަކުން ވަގަށް މެންބަރުން ވައްދާކަމަށް އިދިކޮޅު އެމްޑީޕީން ކުރި ތުހުމަތުތަކަކީ 100 ޕަސެންޓު ދޮގެއް ކަމަށް ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރު މުހައްމަދު އިސްމާއީލް މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ޕާޓީގެ މެންބަރުން ވަކިން ހާއްސަކޮށް ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގައި ހިމަނައި ސަރުކާރުގެ މުއައްސަސާތަކުގައި ރައްކާކޮށްފައި ހުރި އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުން ކޮށްގެން ޕީއެންސީއަށް ފޯމު ފުރައި މެމްބާޝިޕް އިތުރު ކުރަމުންދާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ގާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލާ ކަމަށެވެ.
"ޕީއެންސީއަށް ވަނުމަށް ފޯމު ފުރާފައި ނުވާ މި ޕާޓީގެ ބައެއް އާންމު މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެމްބަރުން ވެސް އެމްޑީޕީގެ ދަފްތަރުން އުނިކޮށް ޕީއެންސީގެ ހިމަނާފައިވާތީ އެ މައްސަލަ އެންމެ ހަރުކަށި އިބާރާތުން މި ޕާޓީން ކުށްވެރި ކުރަން،" އެ ޕާޓީން ބުންޏެވެ.
މި ބަޔާން ދޮގުކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޕީއެންސީގެ ޕީޖީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު ވިދާޅުވީ ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދަނީ ސީދާ އޭނާގެ ބެއްލެވުމުގެ ދަށުން ކަމަށް ވިދާޅުވެފައެވެ. އެގޮތުން ފޯމް ފުރައިފައި ހުންނާނީ ވެސް އާންމު މީހާ ގާތަށް ގޮސްގެން ކަމަށް މުޙައްމަދު ވިދާޅުވިއެވެ.
އެއާއެކު އޭނާ ވިދާޅުވީ އެ މައްސަަލައިގައި ފުލުހަށް ޖަވާބުދާރީ ވާން ޖެހުނަސް އެކަން ކުރައްވާނެކަމަށް ވިދާޅުވެފަ އެވެ. އަދި ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގެ ހަރަކާތްތައް މުޅި ރާއްޖޭގައި ކުރިއަށްދާތާ 11 މަސް ވީއިރު، ރައްޔިތުންގެ ތަރުހީބު ލިބެމުން އަންނަކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިދިޔަ ނޮވެމްބަރު މަހު ޕީއެންސީން ވަނީ އެ ޕާޓީއަށް އެހާތަނަށް 97،000 ފޯމު ލިބިފައިވާ ކަމަށާއި އެއް ލައްކަ ހަމަކުރާ ފުރަތަމަ ޕާޓީއަކަށް އެ ޕާޓީ ވާނެ ކަމަށް ބުނެފައެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
28 ދުވަސް ކުރިން
0
ޝަރުއީ ނިޒާމަށް ރައީސް ނުފޫޒެއް ނުފޯރުވާނެ: ޕީއެންސީ
1 މަސް ކުރިން
0
ސުޕްރީމް ކޯޓު ބިލު ގާނޫނުއަސާސީއާ ހިލާފު: އަޒާން
1 މަސް ކުރިން
0
ވޯޓުގައި ބައިވެރިނުވުމުން ޕީއެންސީ މެންބަރުންގެ ވަޓްސްއެޕް ގްރޫޕުން އަޒާން ބޭރުކޮށްލައިފި
1 މަސް ކުރިން
0
ވޯޓުގައި ބައިވެރިނުވި ޕީއެންސީގެ މެމްބަރުންނަށް ފިޔަވަޅު އަޅަނީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ރޯވި ބޯޓުން ދަތުރު ކުރި އެކަކު ގެއްލިގެން ހޯދަނީ
3 ގަޑިއިރު ކުރިން
0
މުދާ އުފުލާ ބޯޓެއްގައި ވަރަށް ބޮޑަށް ރޯވެ އަނދައިފި
4 ގަޑިއިރު ކުރިން
0
ލިވަޕޫލްގައި ތިބި ދިވެހި ދަރިވަރުންނާއި ރައީސް ބައްދަލުކުރައްވައިފި
5 ގަޑިއިރު ކުރިން
0
ސިނގިރޭޓް ޖެނެރޭޝަނަލް ބޭންގައި ރައީސްގެ ހުށަހެޅުއްވުން ހިއްސާކުރައްވައިފި
5 ގަޑިއިރު ކުރިން
0