ޚަބަރު
އަންނަ އަހަރުގެ ބަޖެޓުން ފައިސާ ދޫކުރާނީ ފަސް ޕާޓީއަކަށް
އަންނަ އަހަރު ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭނީ ފަސް ޕާޓީއަކަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ 2025 ވަނަ އަހަރުގެ ބަޖެޓް ފާސްކުރި ދުވަހުގެ ނިޔަލަށް 10،000 މެންބަރުން ހަމަވަނީ ހަ ސިޔާސީ ޕާޓީއެއްގައި ކަމަށެވެ. ނަމަވެސް 34،000 ވުރެ ގިނަ މެންބަރުން ހިމެނޭ ޕީޕީއެމް އުވާލަން ހުށައަޅާފައިވާތީ ފައިސާ ލިބޭ ޕާޓީތަކުގެ ލިސްޓުން އެ ޕާޓީގެ ނަން ވަނީ އުނިކޮށްފަ އެވެ. އެ ޕާޓީ އުވާލުމުގެ މަރުހަލާ ވަނީ ފެށިފަ އެވެ.

އެހެން ކަމުން ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭނީ؛

  •  އެމްޑީޕީ
  •  އަދާލަތު ޕާޓީ
  •  ޖުމްހޫރީ ޕާޓީ
  •  އެމްޑީއޭ
  •  ކޮންގްރެސް ޕާޓީ
އީސީން ޕާޓީތަކަށް ދޭނެ ފައިސާގެ އަދަދު ކަނޑައަޅާނީ މި މަހުގެ ނިޔަލަށް ޕާޓީތަކުގައި މެންބަރުން ތިބި ޖުމްލަ އަދަދަށް ބަލައިގެންނެވެ.

މީގެ ކުރިން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަނީ އެ އަހަރެއްގެ ދައުލަތުގެ ބަޖެޓުން 0.1 ޕަސެންޓާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެކެވެ. ނަމަވެސް މަޖިލީހުން ގާނޫނު އިސްލާހު ކުރުމަށް ފަހު މިހާރު ވަނީ ބަޖެޓުން އެ އަހަރަކު ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީގެ 0.1 ޕަސެންޓާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެއް ޕާޓީތަކަށް ދޫކުރާ ގޮތަށް ކަނޑައަޅައިފަ އެވެ.

މި އަހަރަށް ކަނޑައެޅި ބަޖެޓުން ސިޔާސީ ހަ ޕާޓީއަކަށް ވަނީ 44 މިލިއަން ރުފިޔާ ދީފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު