ޚަބަރު
ކޮރަޕްޝަންގެ ތުހުމަތުގައި ފުލުހުން އެޗުޑީސީއަށް ވަދެ ބަލާ ފާސްކުރަނީ
މާލޭ ރަށްވެހިންނަށް ގޯތި ދޭން ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ގޯތިިތަކެއް ދިން މައްސަލައިގައި ފުލުހުން އެޗްޑީސީއަށް ވަދެއްޖެ އެވެ.

ފުލުހުން އެޗްޑީސީއަށް ވަދެފައި މިވަނީ އެ މައްސަލައާ ގުޅިގެން ޖިނާއީ ތަހުގީގެއް ފެށިކަން ހާމަކުރިތާ މާގިނަ އިރުތަކެއް ނުވަނީސް އެވެ. ފުލުހުންގެ ފަރާތުން މައުލޫމާތު ދީފައިވާ ގޮތުން އެޗްޑީސީއަށް ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

މައްސަލައާ ގުޅޭ ހެކި ނައްތާލުމުގެ މަސައްކަތް އެޗްޑީސީގައި ކުރަމުންދާ ކަމަށް ސޯޝަލް މީޑިއާގައި އެކި މީހުން ދަނީ ތުހުމަތުތައް ކުރަމުންނެވެ.

"ފުލުހުން ހިންގަމުންދާ ތަހުގީގެއްގެ ބޭނުމަށް އެޗުޑީސީގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުން،" ޕޮލިސް މީޑިއާއިން ފޮނުވި މެސެޖެއްގައި ބުންޏެވެ. 

އެޗުޑީސީއާ ގުޅުން ހުރި ސީރިއަސް ތުހުމަތުތަކެއްގެ ވާހަކަ ލީކުވެ، އޭގެ ތަހުގީގު ފުލުހުން ފަށައިގެން އެޗުޑީސީގައި މިހާރު އަންނަނީ ހަރަކާތްތެރިވަމުން. މިހާރު އެޗުޑީސީއަށާއި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދަށް އަމާޒުވެފައި ވާ ތުހުމަތުތަކާ ގުޅިގެން އޭނާގެ ޕްރެސް ކޮންފަރެންސެއް މިރޭ އޮންނާނެ ކަމަށް، އެޗުޑީސީން ވަނީ މީޑިއާތަކަށް އަންގާފައި އެވެ.

ބިންވެރިޔާ ސްކީމުގެ ލިސްޓުގައި ނެތް ބަޔަކަށް ގޯތިތަކެއް ދޫކުރި ކަމަށް ބުނާ މައްސަލަ ފެންމަތިވީ އެގޮތަށް ދޫކުރި ގޯތިތަކުގެ އިންފާރު ރޭނުމުގެ ހުއްދައަށް އެދި އެޗްޑީސީ އިން ހައުސިން މިނިސްޓްރީގައި އެދުމުން އެ ގޯތިތަކަކީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ހޯދަންވެސް އެދުނު ބައެއް ނޫން ކަމަށް ހައުސިން މިނިސްޓްރީ އިން އެޗްޑީސީ އަށް ލިޔުމުން ދިން ޖަވާބު ސޯޝަލްމީޑިއާގައި އާންމުވުމާ ގުޅިގެންނެވެ.

ލިޔުންތަކެއް އަސްލާ އެއްގޮތަށް އުފައްދައިގެން ނުވަތަ ފޯޖުކޮށްފައިވާ ލިޔުންތަކެއް ބޭނުންކޮށްގެން ގޯތި ދޫކޮށްފައިވާ ކަމަށް ބުނާ މީހުންގެ ތެރޭގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ ބޭބެ ފަޒީލް ރަޝީދުވެސް ހިމެނެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު